އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ގައި ކުޑަކުދިންގެ ޕާރކް ހަދައިދޭނެ ބަޔަކު ބޭނުންވެއްޖެ

އިޢުލާނު

 

ކުޑަކުދިންގެ ޕާރކް ހެދުމާއިގުޅޭ

           

         މިއިދާރާއިން ދޭ ކުރެހުމާއި އެއްގޮތަށް، މިރަށު ކުޑަކުދިންގެ ޕާރކް ހެދުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

         ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 23 އޭޕްރިލް 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މި ކައުންސިލްގެ ފޯން ނަންބަރު 6680057 އަށް ގުޅުއްވައިގެން، ނުވަތަ ވައިބަރ ނަންބަރު 9386644 އަށް މެސެޖުކުރައްވައިގެން ނުވަތަ ރަސްމީގަޑީގައި ކައުންސިލަށް ދުރުވެ ނަންނޯޓްކުރެއްވުން އެދެމެވެ. ނަންނޯޓް ކުރާ ފަރާތްތަކަށް ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ވިޔަފާރިތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށް މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ތާރީޚް

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުމަށް

23 އޭޕްރިލް 2024 (އަންގާރަ) ދުވަހުގެ 12:00 ގެ ކުރިން

25 އޭޕްރިލް (ބުރާސްފަތި) ދުވަހުގެ 10:00 ގައި

2 މެއި 2024 (ބުރާސްފަތި) ދުވަހު 13:00 އަށް

 

 

                    އަދި ދަންނަވަމެވެ. ބިޑްގައި ބައިވެރިވުމަށް ނަންނޯޓްނުކުރައްވާ އެއްވެސް ފަރާތްތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6680057 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

6 ޝައްވާލް 1445

15 އޭޕްރިލް 2024
ހޯދާ