ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

                                                                                   ނަންބަރ:  (IUL)403-A/403/2024/76

އިޢުލާން

 

ވަޒީފާގެ ފުރުޞަތު:  

 ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:

ޕްރީ ސްކޫލް ޓީޗަރ

 

މަޤާމުގެ ނަންބަރު:

J-382055, J-382054

 

ބޭނުންވާ ޢަދަދު:

2

 

މަޤާމުގެ ގިންތި:

ވަގުތީ (ދިރާސީ 1 އަހަރު)

 

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

 

މަޤާމުގެ ކުލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ

 

މުސާރަ:

4465.00 ރުފިޔާ

 

ސަރވިސް އެލަވަންސް:

1500.00 ރުފިޔާ

 

އެހެނިހެން އެލަވަންސް:

-          ސަޕޯޓިންގ ކޯ އެލަވަންސް2: 700.00 ރުފިޔާ

-          ސްޕެޝަލް ޑިއުޓީ އެލަވެންސް: 1562.75 ރުފިޔާ

-          ސިވިލް ސަރވިސް ޤަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ ފައިސާއާއި، ވަޒީފާ އާއި ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

-          ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ ޢަދަދަށްވުރެ މަދުން ލިބޭ ނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސަވައި ދެވޭނެއެވެ.

 

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕްރީސްކޫލް ހިންގުމުގެ އަސާސީ ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ކުލާހުގައްޔާއި ކުލާހުން ބޭރުގައި ކިޔަވައި ދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  2. ޕްރީސްކޫލް ހިންގުމުގެ އަސާސީ ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ކިޔަވައި ދިނުމަށް ހަދަންޖެހޭ ލެސަން ޕްލޭން ތައްޔާރުކުރުން.
  3. ދަރިވަރުންނަށް ހާޞިލްވަމުންދާ މިންވަރު ޗެކުކުރުމާއި، ރިކޯޑްކުރުމާއި، އެމަޢުލޫމާތުތައް ޙިއްސާކުރަންޖެހޭ ފަރާތްތަކާއި ޙިއްސާކުރުން.
  4. ކިޔަވައިދިނުމާއި ގުޅޭގޮތުން ސްޕަވައިޒަރާއި ޙަވާލުކުރަންޖެހޭ އެންމެހައި ތަކެތި (ސްކިލް އޮފް ވަރކް، ލެސަންޕްލޭން،މަރކްސް ޝީޓްފަދަ) ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ޙަވާލުކުރުން.
  5. އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކާއި ސްކޫލްގެ ޤަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުމާއި ރީތި އާދަތައް ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތްކުރުން.
  6. ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާއިގުޅޭގޮތުން ބެލެނިވެރިންނާއި (ރެގިއުލަރކޮށް) މަޢުލޫމާތު ޙިއްސާކުރުން.
  7. ފިލާވަޅުތަކާއި ގުޅޭގޮތުން ކުލާސްރޫމުގައި ޑިސްޕްލޭކުރުން.
  8. ޕްރީ ސްކޫލުން އިންތިޒާމުކުރާ ހުރިހާ ބައްދަލުވުންތަކަށް ގަޑިއަށް ހާޟިރުވުން.
  9. ޕްރީ ސްކޫލުން ކުރިއަށްގެންދާ ޙާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ސްކޫލްގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  10. ޕްރީ ސްކޫލަކީ އެކުވެރި އެއްބައިވަންތަބައެއް އުޅޭ އުފާވެރި މާޙައުލަކަށް ހެދުމަށް މަސައްކަތްކުރުން.
  11. ޕްރީ ސްކޫލުން ޙަވާލުކުރެވޭ ޒިންމާތަކާއި ގުޅިގެން ޖަވާބުދާރީވުމާއި ޒިންމާދާރުވުން.
  12. ޕްރީ ސްކޫލަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ދަރިވަރުން ލައްވާ މަސައްކަތްކުރުން.
  13. ދަރިވަރުންނާއި، ބެލެނިވެރިންނާއި، ސްޓާފުން އަދި ޕްރީ ސްކޫލްގެ ސިއްރުތައް ހިފެހެއްޓުން.
  14. ޕްރޮފެޝަނަލް  ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގައި ފުރިހަމަޔަށް ބައިވެރިވުން.
  15. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  16. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

 

މަޤާމްގެ ޝަރުތުތައް:

1-      ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.  ނުވަތަ ،

2-      ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ގުޅޭ ވަޒީފާގެ ދާއިރާތައް: އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ޓީޗިންގް ސާވިސަސް

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)   ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

 

 

ދާއިރާ

ކެޓަގަރީގެ ޖުމްލަ އިންސައްތަ

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާން ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

35

 

ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %60 (ފަސްދޮޅަސް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28އޭޕްރީލް 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ: [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ނޯޓް: އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅާއިރު، އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއްފައިލް އަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، ފައިލްގައި ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ނަމާއި މަޤާމްގެ ނަންބަރު ޖެހުމަށް ދަންނަވަމެވެ.

 

ޝޯޓްލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާރކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

 

އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާން އޮންނާނީ 06 މެއި 2024 އާއި 20 މެއި 2024 އާއި ދެމެދު ހައްދުންމަތީ މާމެންދޫ ކައުންސިލް އިދާރާ ނުވަތަ އިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚްތަކުގައި އިންޓަރވިއު އާއި އިމްތިޙާނަށް ޙާޟިރުވުމަށް ތައްޔާރުވެ ތިބުން އެދެމެވެ. އިންޓަރވިއު އާއި އިމްތިޙާނު ބާއްވާނެ ތަނާއި ދުވަހަށް ބަދަލު އަތުވެއްޖެނަމަ އެކަން ހުރިހާ ފަރާތްތަކަށް އެންގޭނެއެވެ.

 

''ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)'' ޢާންމުކުރުން:

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް A2) ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑު އަދި ގެޒެޓްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީ ގަޑީގައި މި އިދާރާގެ 6800705 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

 

ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ '' އައްޔަންކުރުމުގެ އުޞޫލާގުޅޭ'' (http://www.csc.gov.mv/recruitment-usool) އިން ލިބެން ހުންނާނެއެވެ.

       

                         06 ޝައްވާލް 1445

                          15 އޭޕްރީލް 2024 

15 އޭޕްރިލް 2024
ހޯދާ