ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަންދޫ ފުޓްސަލް ޗެލެންޖް 2024 ސްޕޮންސަރ ކުރުމަށް ހުޅުވާލުން

2024 ވަނަ އަހަރުގެ މެއި 5 ވަނަ ދުވަހު މިރަށުގެ ޓީމުތަކަށް އަމާޒުކޮށްގެން ފިރިހެނުންނަށް ބޭވުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތް ސްޕޮންސަރ ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ފުޓްސަލް މުބާރާތް ސްޕޮންސަރކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ސިޓީ ނުވަތަ ޕްރޮޕޯސަލްއަކުން 20 އޭޕްރީލް 2024 ވަނަ ދުވަހުގެ 14:00 ގެކުރިން މިއިދާރާއަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަންބަރު 7980047 ފޯނާގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

15 އޭޕްރިލް 2024
ހޯދާ