ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނުމުގެ ޕްރޮޖެކްޓްގެ މަސައްކަތަށް އެހީތެރިވާނެ މީހުން ބޭނުންވެއްޖެ

ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނުމުގެ ޕްރޮޖެކްޓްގެ މަސައްކަތަށް އެހީތެރިވުމަށް ބޭނުންވާ ރިސަރޗް އެސިސްޓެންޓް (ތާރީޚު ދިރާސާކުރުން) އަދި ރިސަރޗް އެސިސްޓެންޓް (އާކިޓެކްޗަރަލް ދިރާސާކުރުން) ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: IUL) 222-AH/INDIV/2015/10)ފ(2015 މާރިޗު 30) އަށް ޝަރުޠު ހަމަވާ ފަރާތްތައް ކުރިމަތިލާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މަޤާމު:

ރިސަރޗް އެސިސްޓެންޓް (ތާރީޚު ދިރާސާކުރުން)

މުސާރަ:

މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް -/38 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން:

ހެރިޓޭޖް

މަޤާމު އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ކ.މާލެ

ވަޒީފާ އަދާ ކުރަންޖެހޭ ތަން/ރަށް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ކ.މާލެ

ޝަރުޠު:

 

 

 

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަތީ ސާނަވީ އިމްތިޙާނަކުން ދިވެހި އަދި އިނގިރޭސި މި ދެ މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
  • ސާނަވީ އިމްތިޙާނަކުން ދިވެހި އަދި އިނގިރޭސި މި ދެ މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން
  • ބޭރުގެ މާހިރުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން
  • ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކޮށް ވާހަކަ ދައްކަން އެނގުން
  • ކޮމްޕިއުޓަރުގެ އެކި ޕްރޮގްރާމްތަކަށް އަހުލުވެރިވުން (ޚާއްޞަކޮށް އެކްސެލްއާއި ވަރޑް ޕްރޮގްރާމަށް އަހުލުވެރިވުން)
  • ރަސްމީ ދުވަސްދުވަހާއި ބަންދު ދުވަސްތަކުގައި ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން
  • އާޓްސް ނުވަތަ ހިސްޓްރީގެ ދާއިރާއިން ކިޔަވާފައި ތިބި މީހުންނަށް އިސްކަންދެވޭނެ
  • ދިވެހި ބަހުގެ އަދަބީ ހަރަކާތްތަކުގައި ބައިވެރިވެފައިވާ މީހުންނަށް އިސްކަންދެވޭނެ
  • ރިސަރޗް މަސައްކަތްތަކުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ

ކުރަންޖެހޭ މަސައްކަތް:

  1. ދިވެހިރާއްޖެ އުފެދުނުގޮތާއި މީހުން އާބާދުވިގޮތާއި ދީނާއި ސަގާފަތާއި އާދަކާދައާ ބެހޭގޮތުން ކުރަން ހުރި ދިރާސާތައް ކުރުން.
  2. ދިވެހިރާއްޖޭގެ ޝާހީ ދަރިފަސްކޮޅު ދެމިގެން އައި ގޮތާއި ދިވެހިރާއްޖޭގައި ފެންނަން ހުރި ހިރިގަލު މިސްކިތްތަކާ ހުރި ގުޅުމާ ބެހޭގޮތުން ދިރާސާކުރުން.
  3. އެކި ދުވަސްވަރުގައި ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާހުރި ގުޅުމާއި މި ޤައުމުތަކުގެ ސަބަބުން ރާއްޖެއަށް ކޮށްފައިވާ އަސަރު.
  4. ދިވެހިރާއްޖެގައި އިހުގައި ކުރަމުންދިޔަ މަސައްކަތްތަކާއި އެ ދުވަސްވަރު މި މަސައްކަތް ކުރުމަށް ބޭނުންކުރި އާލަތްތަކާ ބެހޭގޮތުން ކުރަންހުރި ދިރާސާތައް ކުރުން.
  5. ހިރިގަލު މިސްކިތްތައް ބިނާކުރެވިފައިވާ ރަށްރަށުގެ ތާރީޚާއި މި މިސްކިތްތައް ބިނާކުރުން ހުއްޓުނު ސަބަބު ދިރާސާކުރުން.
  6. ދިވެހިރާއްޖޭގައި އޮތް ދީންތަކާއި ޤަބޫލުކުރެވުނު ޤަބޫލުކުރެވުންތައް އަދި މި ހިރިގަލު މިސްކިތްތަކުން ފެންނަމުންދާ ކުރެހުންތަކާއި މި ޤަބޫލުކުރުންތަކާހުރި ގުޅުން ހޯދުމަށް ކުރަންހުރި ދިރާސާތައް ކުރުން.
  7. ރިސަރޗާ ގުޅޭ އިދާރީ މަސައްކަތްތައްކުރުން.
  8. ޑިޕާޓްމަންޓުން ތައްޔާރުކުރާ ތާވަލާ އެއްގޮތަށް ދިރާސާތައް ކުރުމާއި، އެ ދިރާސާތައް ޑިޕާޓްމަންޓުން ކަނޑައަޅައިފައިވާ މިންގަނޑާ އެއްގޮތަށް ހުށަހެޅުމާއި ރިޕޯޓް ތައްޔާރުކުރުން.

 

މަޤާމު:

ރިސަރޗް އެސިސްޓެންޓް (އާކިޓެކްޗަރަލް ދިރާސާކުރުން)

މުސާރަ:

މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް -/38 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން:

ހެރިޓޭޖް

މަޤާމު އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ކ.މާލެ

ވަޒީފާ އަދާ ކުރަންޖެހޭ ތަން/ރަށް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް/ ކ.މާލެ

ޝަރުޠު:

 

 

 

 

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަތީ ސާނަވީ އިމްތިޙާނަކުން ދިވެހި އަދި އިނގިރޭސި މި ދެ މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
  • ސާނަވީ އިމްތިޙާނަކުން ދިވެހި އަދި އިނގިރޭސި މި ދެ މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން
  • ބޭރުގެ މާހިރުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން
  • ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކޮށް ވާހަކަދައްކަން އެނގުން
  • ކޮމްޕިއުޓަރުގެ އެކި ޕްރޮގްރާމްތަކަށް އަހުލުވެރިވުން (ޚާއްޞަކޮށް އެކްސެލާއި ވަރޑް ޕްރޮގްރާމަށް އަހުލުވެރިވުން)
  • ރަސްމީ ދުވަސްދުވަހާއި ބަންދު ދުވަސްތަކުގައި ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން 
  • އާޓްސް ނުވަތަ ހިސްޓްރީގެ ދާއިރާއިން ކިޔަވާފައިތިބި މީހުންނަށް އިސްކަންދެވޭނެ
  • ދިވެހިބަހުގެ އަދަބީ ހަރަކާތްތަކުގައި ބައިވެރިވެފައިވާ މީހުންނަށް އިސްކަންދެވޭނެ
  • ރިސަރޗް މަސައްކަތްތަކުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ
  • އާކިޓެކްޗަރގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަންދެވޭނެ

ކުރަންޖެހޭ މަސައްކަތް:

  1. ދިވެހިރާއްޖޭގައި ބިނާކުރެވުނު އިމާރާތްތަކުގެ ވައްތަރުތަކާއި އިމާރާތް ކުރެވުނު ދުވަސްވަރާ ބެހޭގޮތުން ދިރާސާކުރުން.
  2. ދިވެހިރާއްޖޭގައި އިމާރާތް ކުރުމަށް ބޭނުންކުރި މިންތަކާއި ގޮތްތަކާ ބެހޭގޮތުން ދިރާސާކުރުން.
  3. ދިވެހިރާއްޖޭގައި އިމާރާތްކުރުމަށް ގެންގުޅުނު މެޓީރިއަލް އަދި އާލަތްތަކާ ބެހޭގޮތުން ދިރާސާކުރުން.
  4. މިސްކިތްތައް ބިނާކޮށްފައިވާ ތަފާތު ޕްލޭންތަކާއި ޓައިޕޮލޮޖީއާ ބެހޭގޮތުން ދިރާސާކުރުން.
  5. ދިވެހިރާއްޖޭގައި ބިނާކޮށްފައިވާ އިމާރަތްތަކަށް ބޭރުގެ ނުފޫޒު އައިސްފައިވާ މިންވަރާ ބެހޭގޮތުން ދިރާސާކުރުން.
  6. ދިވެހިރާއްޖޭގައި ބިނާކޮށްފައިވާ ހިރިގަލު މިސްކިތްތަކުގެ ބާވަތްތަކާ ބެހޭގޮތުން ދިރާސާކުރުން.
  7. ދިވެހިރާއްޖޭގައި ބިނާކުރެވިފައިވާ ހިރިގަލު މިސްކިތްތަކާއި ދުނިޔޭގެ އެހެން ހިސާބުތަކުގައި ބިނާކޮށްފައިވާ މިފަދަ ބިނާތަކާ އަޅާކިޔުން.
  8. ރިސަރޗާ ގުޅޭ އިދާރީ މަސައްކަތްތައް ކުރުން.
  9. ޑިޕާޓްމަންޓުން ތައްޔާރުކުރާ ތާވަލާ އެއްގޮތަށް ދިރާސާތައް ކުރުމާއި، އެ ދިރާސާތައް ޑިޕާޓްމަންޓުން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ހުށަހެޅުމާއި ރިޕޯޓް ތައްޔާރުކުރުން.

މަސައްކަތްކުރާ ވަގުތު:

- ޢާންމުކޮށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ މަސައްކަތު ދުވަސް ދުވަހު 8:00 ން 17:00 އަށް (1 ގަޑިއިރުގެ ބްރޭކް ނުހިމަނާ 8 ގަޑިއިރު)

- މީގެ އިތުރުން ހަފްތާ ބަންދުގައި މަސައްކަތްކުރާގޮތަށް ހަމަޖައްސާ ދުވަސް ދުވަހު މަސައްކަތަށް ނިކުންނަން ވާނެއެވެ.

- މަސައްކަތް ހަވާލުކުރުމަށް ހަމަޖައްސާފައިވަނީ ހަފްތާއެއްގައި މަސައްކަތްކުރާ ޖުމްލަ ގަޑި 46 ގަޑިއިރަށްވުރެ އިތުރުނުވާގޮތަށެވެ.

މަސައްކަތް ކުރަންޖެހޭ މުއްދަތު

2015 މޭ 15 ން 2016 އެޕްރީލް 30 އަށް

ހުށަހަޅަންޖެހޭ ލިޔުންތައް

- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެ އަދި ފޯމުގެ ސޮފްޓްކޮޕީއެއް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި [email protected] އަށް މެއިލްކުރުމުން ފޯމު ފޮނުވައިދެވޭނެ).

- އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

- ކޯހެއްގެ ސެޓުފިކެޓު ލިބިފައިނުވާނަމަ ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކޯހެއް އެކްރެޑިޓްކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން.

- ވަޒީފާގެ ދާއިރާއާ ގުޅުންހުރި ތަމްރީނެއް ފުރިހަމަކޮށްފައިވާނަމަ އެކަމުގެ ލިޔުން.

- ވަޒީފާއެއްގައި އުޅެފައިވާ ފަރާތެއްނަމަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް މުއްދަތާއެކު (ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު ސާފުވާނެގޮތަށް)

- މުއްދަތު ހަމަނުވާ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ)

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މި ފޯމު ވަޒީފާއަށް އެދޭ ފޯމާއެކު ލިބެން ހުންނާނެ)

އިންޓަރވިއު ކުރުމާއި / ޕްރެކްޓިކަލްސް ބޭއްވުން:

- މި މަޤާމުތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން، އަދި އެކަމާގުޅޭ މަޢުލޫމާތު، އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

- މާލޭ ހުކުރު މިސްކިތާ ބެހޭގޮތުން 10 މިނެޓްގެ ޕްރެޒެންޓޭޝަނެއް ދިވެހި އަދި އިނގިރޭސި ބަހުން ހުށަހަޅަންވާނެއެވެ.

ސްކްރީން ކުރުން

ވަޒީފާއަށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް ވަޒީފާއަށް އައްޔަނު ކުރުމުގެ ޝަރުޠުތަކާއި، އިޢުލާންގައިވާ އަސާސީ ޝަރުޠުތައް ފުރިހަމަވޭތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް ނުހޮވޭ ފަރާތްތަކަށް ލިޔުމުން އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ޝޯޓްލިސްޓް ކުރުން

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި، ތަޖުރިބާ، އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް ލިޔުމުން އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ވަޒީފާއަށް އެދޭ ފޯމު ފޮނުވަންވީ މުއްދަތު ހަމަވާ ތާރީޚު

2015 މެއި 5 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އަށް (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު).

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3340207 ނުވަތަ 3340212 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3326796 އެވެ.

04 ރަޖަބު 1436

23 އޭޕްރިލް 2015
ހޯދާ