ދިވެހިރާއްޖެ
f
ނިލަންދޫ ސުކޫލް ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫ، ދިވެހިރާއްޖެ |
Nilandhoo School North Huvadhu Atoll, Nilandhoo Republic of Maldives |
ނަންބަރު: GS-195/IUL-2024/03
އިޢުލާން
2024ވަނަ އަހަރުގެ ދިރާސީ އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ
ސުކޫލުތަކަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމުގައި 2024 ވަނަ އަހަރުގެ ދިރާސީ އަހަރު ޢަމަލުކުރާނެ އުސޫލުގެ ދަށުން ނިލަންދޫ ސުކޫލްގެ އެލްކޭޖީ ، ޔޫކޭޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ، 2023-2024 ވަނަ އަހަރު، އެލްކޭޖީ، ޔޫކޭގީ އަދި ގްރޭޑު 1 އަށް ވައްދަން އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން 16 އޭޕްރިލް 2024 އިން ފެށިގެން 25 އޭޕްރިލް 2024 ގެ ނިޔަލަށް ރަސްމީ ބައްދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:00 އަށް ސްކޫލްގައި ކުރިއަށްދާނެއެވެ. އިތުރު މައުލޫމާތު ހޯދުމަށް 7983074 ނަންބަރާއި ގުޅުއްވުން އެދެމެވެ.
- އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަކަށް ވައްދާނީ ނުވަތަ އެއްސުކޫލުން އަނެއް ސުކޫލަށް ބަދަލު ކުރާނީ ތިރީގައިމިވާ ތާވަލްގައި ވާ ގޮތަށް އުމުރު ހަމަވާ ކުދިންނެވެ.
ގްރޭޑް |
2024 ވަނަ އަހަރު ދަރިވަރުން ވައްދާ ޢުމުރުފުރާތައް |
އެލްކޭޖީ |
2023 ޑިސެމްބަރ 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން |
ޔޫކޭޖީ |
2023 ޑިސެމްބަރ 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން 2023-2024 ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2024 ދިރާސީ އަހަރު (26 މެއި 2024 ގައި ފެށޭ) ޔޫ.ކޭ.ޖީ އަށް ބަދަލު ކުރެވޭނެއެވެ. |
ގްރޭޑު 1 |
2023 ޑިސެމްބަރ 31 އަހަރު 6 އަހަރު ފުރި 7 އަހަރު ނުފުރުން 2023-2024 ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2024 ދިރާސީ އަހަރު ( 26 މެއި 2024 ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލު ކުރެވޭނެއެވެ. |
ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެތި:
v ކުއްޖާގެ އައިޑެންޓިޓީ ކާޑު ކޮޕީ.
v މަންމަ، ބައްޕަ އަދި ބެލެނިވެރިޔާ އައިޑީ ކާޑް ކޮޕީ.
v ވެކްސިން ދެވިފައިވާ ގޮތް އަންގައިދޭ ވެކްސިން ކާޑުގެ އަސްލާއި ކޮޕީ.
06 ޝައްވާލް 1445
15 އޭޕްރިލް 2024
ޚަދީޖާ އިބްރާހިމް
ޕްރިންސިޕަލް