ދިވެހިރާއްޖެ
މި މަދަރުސާގެ ޓީޗަރުންގެ ދަނާލްގައިވާ ދެކޮޓަރި އެޕާރޓްމަންޓަކަށް ބަދަލުކުރުމުގެ މަރާމާތު މަސައްކަތް ކުރުމަށް ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު GS33/IUL/2024/05 (24 މާރިޗް 2024) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބު ލިބިފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތީން ޢަމަލުކޮށްދެއްވުން އެދެމެވެ.
މި މަސައްކަތް ކޮށްދެއްވުމަށް އެދިލައްވާ ފަރާތްތަކުން 15 އޭޕްރީލް 2024 އިން 17 އޭޕްރީލް 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިމަދަރުސާއަށް ވަޑައިގެން ނުވަތަ ފޯނުން ގުޅައިގެން ރަޖިސްޓްރީ ކުރެއްވުން.
މަޢުލޫމާތު ސާފްކުރުން އޮންނާނީ 18 އޭޕްރީލް 2024 ވަނަ ދުވަހުގެ 13:00 ގައި ބ. އަތޮޅުމަދަރުސާގެ އޮފީހުގައެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 އޭޕްރީލް 2024 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13.00 ގައި ބ. އަތޮޅުމަދަރުސާގެ އޮފީހުގައެވެ.
މި ޚިދުމަތް ދިނުމަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވާފަރާތަށް ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި އަންނަ ފަރާތުގެ އައިޑީ ކާޑްގެ ނަކަލެއް ގެންނަންވާނެއެވެ.
ބީލަމުގެ ރަޖިސްޓްރީގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގައްޔާއި، ބިޑްހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600034 ނަންބަރު ފޯނާއެވެ.
އީ-މެއިލް ކުރާނީ [email protected] އަށެވެ.
06 ޝައްވާލް 1445ހ.
15 އޭޕްރީލް 2024މ.