ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މުއްދަތު

03 މަސްދުވަސް

އަދަދު

01

މުސާރަ

މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/270 ރުފިޔާ (ދުވާލަކު 7 ގަޑިއިރު) އަދި އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ތަޢުލީމާ ތަޖުރިބާ

- އެޑްމިން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މަސައްކަތް

1- އޮފީހުގެ ރަސްމީ ގަޑިތަކުގައި ކައުންޓަރުގައި އިނުމާއި، ކައުންޓަރަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުން.

2- އޮފީހުގެ ވެރިންނާ ބައްދަލުކުރުމަށް އަންނަ ފަރާތްތަކަށް، އެކަމުގެ އިންތިޒާމު ހަމަޖެއްސުން.

3- އޮފީހަށް ލިބޭ ލިޔެކިޔުންތައް ބަލައިގަތުން.

4- އޮފީހަށް ލިބޭ ލިޔުންތައް އެންޓްރީކޮށް، ސެކްޝަންތަކަށް ދުވަހުން ދުވަހަށް ހަވާލުކުރުން

5- އެކިއެކިކަންކަމާ ގުޅޭގޮތުން، މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުން.

6- ރަސްމީ ލިޔުންތައް ޑިސްޕެޗްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން

7- ސިޓީއާއި ނޯޓު ފަދަ ރަސްމީ ލިޔުންތަކުގައި ޖެމްސްޗެކްކޮށް، ނަންބަރު ޖެހުން.

8- އެޑްމިން މެއިލް ޗެކްކޮށް' ލިބޭ މެއިލްތައް ލިބެންވާ ފަރާތްތަކަށް ފޮނުވުން (އޯވަރސީޒް ސުޓޫޑަންޓްސް، ސްކޮލަރޝިޕް އަދި އެހެނިހެން).

9- އޮފީހުގެ އެންޓްރީ ރެކޯޑު ބެލެހެއްޓުން

10- ފެކްސް ކުރުމާއި، ފޮޓޯކޮޕީ ނެގުމާއި ޓައިޕްކުރަންޖެހޭ ލިޔުންތައް ޓައިޕްކުރުން

11- ޑިސްޕެޗް ކުރަންޖެހޭ ލިޔުންތަކުގައި ޖެމްސް ތެރެއިން ނަންބަރު ޖަހައި ޑިސްޕެޗްކުރުން

12- އޮފީހަށް އެދުވަހެއްގައި ލިބޭ ލިޔެކިޔުންތަކާއި، އޮފީހުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކުގެ ތެރެއިން ރަސްމީގަޑި ނިމޭއިރު ޢަމަލު ނުކުރެވިހުރި ލިޔުންތައް، ރައްކައުތެރިކަމާއެކު ވަތްގަނޑަށް ލައި ތަޅުލުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު

- ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލުމަށް ޓެސްޓެއް ދިނުން

- މަސައްކަތުގެ ދާއިރާގައި ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމާއި، މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވާ މިންވަރު ވަޒަންކުރުމަށްޓަކައި، އިންޓަރވިއުކުރުން

ހުށަހަޅަންޖެހޭ ތަކެތި

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.    

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) ކޯހެއްގެ ސެޓުފިކެޓު ލިބިފައިނުވާނަމަ، ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކޯހެއް އެކްރެޑިޓް ކުރެވޭ ލެވެލް ބަޔާންކޮށްދޭ ލިޔުން.

ރ- މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ އެކަން ދެނެގަތުމަށް، މަސައްކަތް ކުރައްވާފައިވާ ނުވަތަ ކުރައްވަމުންގެންދަވާ އިދާރާތަކުން ހޯއްދަވާފައިވާ ލިޔުން. މިފަދަ ލިޔުންތަކުގައި ކުރެއްވި މަސައްކަތް އަދި މުއްދަތު އެނގެން އޮންނަންވާނެއެވެ. މިލިޔުންތަކުގައި ވަޒީފާ އަދާކުރައްވަން ފެށްޓެވި އަދި ވަކިވި ދުވަސް/މަސް/އަހަރު ވެސް އެނގެން އޮންނަންވާނެއެވެ.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ސުންގަޑި

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން / ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 05 މޭ 2015 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

އިންޓަރވިއު

މިކަމަށް އެދި ހުށަހަޅާ ފަރާތްތަކާއި ކުރެވޭ އިންޓަރވިއު އޮންނާނީ 06-12 މޭ 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނެ ނަންބަރަކީ 3341307 ، 3341303 އެވެ.

04 ރަޖަބު 1436

23 އޭޕްރިލް 2015
ހޯދާ