ދިވެހިރާއްޖެ
ނަމްބަރު: (IUL)262/262/2024/28
އިޢުލާން
5 ގަސް ބަނބުކެޔޮ ކުއްޔަށް ދޫކުރުމާ ގުޅޭ
ހދ.ނޮޅިވަރަންފަރު އެލިއާ އަވަށު ކިލެގެފާނުމަގުގެ އުތުރުން، އެދުރުކަލޭފާނުމަގުގެ އިރުމަތީގައިވާ (A,B/50) ހުސްބިމުގައި ހުރި 05 ގަސް ބަނބުކެޔޮ މީލާދީ 1 އަހަރުދުވަހުގެ މުއްދަތަށް ކުރިއެކޭވެސް އެއްގޮތަށް (އެސަރަހައްދު ކޮންމެ ހަފްތާ އަކު 3 ދުވަހު ކުނިކާ ސާފުކުރުމަށް ޝަރުތުކޮށް) ކުއްޔަށް ދޫކުރުމަށް ކައުންސިލުންވަނީ ނިންމަފައެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ކުރުމަށްފަހު ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ
އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމާ، ރަޖިސްޓްރީކުރުމުގެ ސުންގަޑި: 15 އޭޕްރިލް 2024 (ހޯމަ)18 އޭޕްރިލް 2024 (ބުރާސްފަތި) 10:00 އަށް
ބީލަމުގައި ރެޖިސްޓްރީ ކުރުމުގެ ލިންކް: https://forms.office.com/r/fsNyFyVzXe
އަންދާސީ ހިސާބު ހުށަހެޅުން: 23 އޭޕްރިލް 2024 (އަންގާރަ) 10:00 އަށް
އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފްކުރުމަށް ބޭނުންވާނަމަ 17 އޭޕްރީލް 2024، 10:00 ގެ ކުރިން ތިރީގައިވާ އީމެއިލް އަށް ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފްކުރެއްވުން އެދެމެވެ.
އީމެއިލް އެޑްރެސް: [email protected]
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.