މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލްގެ އިދާރާގެ ރަސްމީ ލޯގޯ ފަރުމާ ކުރުމާއިގުޅޭ

 

މި ކައުންސިލްގެ އިދާރާގެ ރަސްމީ ލޯގޯ ފަރުމާ ކުރުމާއިގުޅޭ

މިކައުންސިލްގެ ރަސްމީ ސިއްކައިގެ ގޮތުގައި ބޭނުންކުރުމަށާއި ކައުންސިލްގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތްތަކާއި ، ބައިވެރިވާ ހަރަކާތްތަކާއި ،އެކިއެކި ރަސްމިއްޔާތުގައި ބޭނުން ކުރުމަށް ލޯގޯ ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. ހުށަހަޅާ ލޯގޯ ތަކުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ލޯގޯއަކަށް 1,500.00 (އެއްހާސް ފައްސަތޭކަ) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ކަނޑައެޅިފައެވެ.

ލޯގޯ ހުށަހެޅުމުގެ ސުންގަޑި:               29 އޭޕްރީލް 2024 | 14:00

ލޯގޯ ހުށަހަޅާނެ އީމެއިލް އެޑްރެސް:    [email protected] 

 

މައުލޫމާތު:

  1. ފަރުމާ ކުރެވޭ ލޯގޯއަކީ "ރ.އިންނަމާދޫގެ މަސައްކަތްތެރިކަން" ރަމްޒުކޮށްދޭފަދަ އަމިއްލަ ވަންތަ ލޯގޯއަކަށްވާންވާނެއެވެ.
  2. ފަރުމާ ކުރެވޭ ލޯގޯއަކީ މުޅިން އައު އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. އެހެން ފަރާތެއްގެ ފިކުރީ މުދަލެއްނަމަ އެކަމަށް ޒިންމާވާނީ ލޯގޯ ފަރުމާކުރި ފަރާތުންނެވެ.
  3. ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އިދާރާއެއް ރަމްޒްކޮށްދޭ ފަރުމާއަކަށް ވެގެން ނުވާނެއެވެ.
  4. ލޯގޯގައި ދިވެހިބަހުން އަދި އިނގިރޭސިބަހުން ތިރީގައިމިވާ ގޮތްތައް ބޭނުންކުރެވިދާނެއެވެ.

-       ދިވެހިބަހުންނަމަ:

  1. މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލް / ކައުންސިލްގެ އިދާރާ
  2. ރ.އިންނަމާދޫ ކައުންސިލް / ކައުންސިލްގެ އިދާރާ

-       އިނގިރޭސި ބަހުންނަމަ:

  1. Secretariat of the North Maalhosmadulu Innamaadhoo Council
  2. Secretariat of Innamaadhoo Council, North Maalhosmadulu
  3. Raa Innamaadhoo Council
  1. ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ ދިދަ، ޖާރޒީ، ލެޓަރހެޑް އަދި ސްޓަރފް ކާޑް، ޔުނީފޯމް އަދި ވެބްސައިޓް ފަދަ ތަކެތީގައި ފަސޭހަކަމާއެކު ބޭނުންކުރެވޭފަދަ ގޮތަކަށެވެ.
  2. ލޯގޯގެ ރިޒޮލިއުޝަން މިންގަނޑަކީ Dpi300 ނުވަތަ އެއަށްވުރެ މައްޗެވެ.
  3. ލޯގޯ ރީސައިޒްކޮށް ކުޑަ ކުރުމުން ނުވަތަ ބޮޑުކުރުމުން ލޯގޯގެ އަސްލުގެއްލިގެން ނުވާނެއެވެ.
  4. ލޯގޯ ފަރުމާ ކުރުމުގައި މައިގަނޑު ކުލައެއްގެ ގޮތުގައި ބޭނުންކުރަންވާނީ " 2  (ދޭއް)" ކުލައެވެ.
  5. ލޯގޯއަކީ ލަކުޑި، ފައިބަރު މައުދަންތަކުގައި ކަނޑާ ސިފަ ފާޅުކުރެވޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށް ވާންވާނެއެވެ.

ލޯގޯ އާއިއެކު ހުށަހަޅަންޖެހޭ ތަކެތި

  1. ލޯގޯގެ ވެކްޓަރ (PSD/AI, PNG JPEG) ފައިލް ހުށަހަޅަންވާނެއެވެ.
  2. ލޯގޯގެ ގްރޭ ސްކޭލް އަދި ކުލަކޮށް PDF ފައިލެއް ހުށަހަޅަންވާނެއެވެ.
  3. ލޯގޯގެ ކުލަ ސޮފްޓް ކޮޕީ ، ކުލަތަކުގެ ޕެންޓޯން ނަމްބަރ އަދި ކުލަކޯޑު ބަޔާންކުރާ ލިޔުން.
  4. ލޯގޯގައި ބޭނުންކުރި ފޮންޓާއި، ފޮންޓްގެ ސައިޒް އެނގޭނެގޮތަށް ހުށަހަޅަންވާނެއެވެ.
  5. ލޯގޯ ހުށަހެޅި ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ / ވިޔަފާރިއެއްނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ.
  6. ލޯގޯ ހުށައަޅާ ފަރާތަކީ ފުރިހަމަ ކޮޕީރައިޓް ލިބިފައިވާ ފަރާތެއްކަމަށް ބަޔާންކޮށް ސޮއިކޮށްފައިވާ އިގްރާރް.
  7. ލޯގޯ އިން އަދި ލޯގޯގައި ބޭނުންކޮށްފައިވާ ކުލަތަކުން ރަމްޒުކޮށްދޭ ކަމެއް ނުވަތަ ކަންތައްތަކެއް، ލިޔުމުން ހުށަހަޅާ ތަފްޞީލްކޮށްދެންވާނެއެވެ.
  8. ހުށަހަޅާ ލޯގޯ އާއި އެކު އެ ލޯގޯގެ ޕްރެޒެންޓޭޝަން އެއް ހުށަހަޅުއްވަންވާނެއެވެ.
  9. ލޯގޯ ފަރުމާކޮށްފައިވާ ވެކްޓަރ ފައިލް ހުށަހަޅަންވާނެއެވެ.
  10. ލޯގޯގައި އަމިއްލަ ފޮންޓެއް ބޭނުންކޮށްފައިވާނަމަ، އެފޮންޓެއް ކައުންސިލަށް ހުށަހަޅަންވާނެއެވެ. އަދި އެފޮންޓް ބޭނުން ކުރުމުގެ ހުއްދަ ކައުންސިލަށް ދޭންވާނެއެވެ. 
  11. ލޯގޯ ހުށަހަޅާ ފަރާތުގެ އިތުރު ހުއްދައަކާއި ނުލާ ލޯގޯ ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކައުންސިލަށް ދޭކަން އަންގައިދޭ ލިޔުމެއް.
  12. ލޯގޯ ހުށަހެޅި ފަރާތުގެ ވަނަވަރު.
  13. ލޯގޯ ހުށައަޅާ ފަރާތުން ބޭނުންވެއްޖެނަމަ ދިދަ، ޖާރޒީ، ލެޓަރހެޑް އަދި ސްޓަރފް ކާޑް، ޔުނީފޯމް އަދި ވެބްސައިޓް ފަދަ ތަކެތީގައި ލޯގޯ ބޭނުން ކޮށްފައި ހުންނާނެ ގޮތުގެ ސާމްޕަލް ހުށައެޅިދާނެއެވެ.
  14. ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ހުށަހެޅޭނީ 4 ލޯގޯއެވެ. ހުށައަޅާ ކޮންމެ ލޯގޯއަކާއި އެކު ލޯގޯއާއިއެކު ހުށައެޅުމަށް މަތީގައި ބުނެފައިވާ ހުރިހާ ތަކެތި ވަކިން ހުށައަޅަންވާނެއެވެ.

މާކުސް ދެވޭނެ ގޮތުގެ ތަފްޞީލް

  1. ލޯގޯ ފަރުމާ ކޮށްފައިވަނީ މަތީގައި ބަޔާންކޮށްފައިވާ މިންގަނޑު ތަކާއި އެއްގޮތަށްތޯ ބަލާ ފާސްކުރުން.
  2. ލޯގޯގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ މިންވަރު.
  3. ރ.އިންނަމާދޫ ސިފަކޮށްދީފައިވާ މިންވަރު.
  4. ލޯގޯގެ ފަރުމާތަކަށް އިންސާފް ކުރާނީ ކައުންސިލް އިދާރާއިން އެކަމަށް ޚާއްޞަ ކުރެވޭ ކޮމިޓީއަކުންނެވެ.

   މާކުސް ދެވޭނެ މިންގަނޑު

#

ކުރައިޓީރިއާ

މާކުސް

1

ކޮލިޓީ އަދި ޓެކުނިކަލް ފެންވަރު

35

2

ރ.އިންނަމާދޫ ރަމްޒުކޮށްދީފައިވާ ގޮތް

50

3

އަމިއްލަވަންތަކަން

15

 އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން ނުވަތަ 6580052 ނަމްބަރ އަށް ގުޅުއްވުން އެދެމެވެ.

 މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 އޭޕްރިލް 2024
ހޯދާ