ދަރުމަވަންތަ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ފޯމަން

22 ޖަނަވަރީ 2015 ވަނަދުވަހު އެސިސްޓެންޓް ފޯމަނެއް ހޯދުމަށް ކުރެވުނު އިޢުލާނަށް، އެމަޤާމަށް އެކަށީގެންވާ ފަރާތަކުން ކުރިމަތިލާފައިނުވާތީ އެއިޢުލާން (ނަންބަރު: DS/IU/HR/2015/02) ބާޠިލުކުރުމަށްފަހު މިމަޤާމަށް އަލުން އިޢުލާން ކުރަމެވެ.

މުވައްޒަފުން ބޭނުންވާ މަޤާމު

މަޤާމު:                    އެސިސްޓެންޓް ފޯމަން

ބޭނުންވާ އަދަދު:               1

ރޭންކް:                    އެސް. އެސް 2

ކްލެސިފިކޭޝަން:               ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:    ދަރުމަވަންތަ ސްކޫލް، މާލެ

ޝަރުޠު:                  ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން

މަޤާމުގެ ޝަރުޠު:

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

1- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެސް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

3470/-

1000/-

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1- ސްކޫލުގެ ތަޅުދަނޑި ސިފައިންގެއިން ނެގުމާއި އެޅުވުން.

2- މަސައްކަތު މުވައްޒަފުންގެ މަސައްކަތްތައް ބެލުން.

3- މަސައްކަތު މުވައްޒަފުންގެ މަސައްކަތްކުރުމަށް ބޭނުންވާނޭ ސާމާނު ސްކޫލުގެ ބަޖެޓް އޮފީހާ ގުޅިގެން ހޯދުން.

4- މަސައްކަތު މުވައްޒަފުންގެ ޑިއުޓީ ހަދައި ޑިއުޓީއަށް ގަވާއިދުން ނިކުމޭތޯ ބެލުން.

5- މަސައްކަތު މުވައްޒަފަކު ޗުއްޓީއެއް ނަގައިފިނަމަ ނުވަތަ ހާޒިރުނުވާ ދުވަހެއްގައި އޭނާއާ ސާފުކުރުމަށް ހަވާލުކުރެވިފައިވާ ތަންތަން އެހެން މުވައްޒަފަކާ ހަވާލުކޮށްގެން ސާފުކުރުވުން.

6- ހަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރުން ސްކޫލުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

އިތުރު އިނާޔަތްތައް:   އިތުރުގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

2- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

3- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:      

- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މި ސްކޫލުގެ އިދާރާއިންނާއި އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

- ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ ( މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން އެޓެސްޓް ކުރެވިފައިފާ ކޮޕީގެ އަސްލު )

- މުއްދަތު ހަމަނުވާ އައި.ޑީ.ކާޑުގެ ސާފު ކޮޕީ ( އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން އެޓެސްޓް ކުރެވިފައިފާ ކޮޕީގެ އަސްލު )

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަންބަރާއެކު )

- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް ( އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން އެޓެސްޓް ކުރެވިފައިފާ ކޮޕީގެ އަސްލު )  

- ސިވިލް ސަރވިސްގެ ވަޒީފާއެއްގައި އުޅޭނަމަ އެވަޒީފާއިން މި ސްކޫލުގެ ވަޒީފާއަށް ބަދަލުވުމާމެދު، އެއޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

ނޯޓް:                   

- އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންނަމަ ސްކޫލުގެ 3324495 އާ ގުޅުއްވުން އެދެމެވެ.

ސުންގަޑި:   

މި މަޤާމުތަކަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 އެޕްރީލް 2015 ގެ 14:30 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއެކު ދަރުމަވަންތަ ސްކޫލުގެ އޮފީހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

22 އޭޕްރިލް 2015
ހޯދާ