މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދޫ އަވަށު ކުނިކޮށްޓައް ކުނި އުކޭނެ ގަޑިތައް ކަނޑައެޅުމާ ގުޅޭ

ނ. ކެނދިކުޅުދޫގެ ކުނި މެނޭޖްކުރުމުގެ މަސައްކަތަކީ ކެނދިކުޅުދޫ ކައުންސިލުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. ރަށުގައި އުފެދޭ ކުނި، ލުއިފަސޭހަކޮށް ނައްތާލުމާއި ރައްޔިތުންނަށް ތުރާލަކަށް ނުވާނޭފަދަ ގޮތަކަށް ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރެވޭތޯ މިކައުންސިލުން މިދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެހެންކަމުން، ކުޅުދޫ އަވަށުގައި ފަތްކުނި އެޅުމަށް ޚާއްސަ ކޮށްފައިވާ ސަރަހައްދަށް ކުނި އެޅޭ ވަކި ވަގުތުތަކެއް ވަނީ ކަނޑަ އެޅިފައެވެ.

ފަތްކުނި އެޅުމަށް ޚާއްސަކޮށްފައިވާ ސަރަހައްދަށް ކުނި އެޅޭނެ ގަޑިތައް

  • ހެނދުނު 7:30 ން 11:30 އަށް
  • މެންދުރު 13:30 ން ހަވީރު 17:00 އަށް
  • ހުކުރު ދުވަހަކީ ކުނި އަޅާ ސަރަހައްދު ބަންދު ދުވަހެކެވެ.

ވުމާއެކު، ކުޅުދޫ އަވަށުގައި ފަތްކުނި އެޅުމަށް ޚާއްސަ ސަރަހައްދަށް ކުނި އަޅާއިރު، ބަޔާންކޮށްފައިވާ ގަޑިތަކައް ސަމާލުކަންދެއްވައި، މިގޮތައް ޢަމަލު ކުރެއްވުން އެދެމެވެ. އަދި މަތީގައި ބަޔާންކޮށްފައިވާ ގަޑިތައް ނޫން ގަޑިއެއްގައި ކުނިކޮށްޓައް ކުނި އެޅުމަކީ މަނާ ކަމެއްކަމުގައި ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

05   ޝައްވާލް   1445

14   އޭޕްރީލް    2024  

14 އޭޕްރިލް 2024
ހޯދާ