ދިވެހިރާއްޖެ
ނަންބަރ: (IUL)386-ESMS/386/2024/24
އިޢުލާން
ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެނުގެ ޚިދުމަށް ދިނުމަށާއި، ރަށުގައި ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމުގެ މަޤްޞަދުގައި މި އަހަރުތެރޭގައި މިރަށުގެ 40 ގެއަކަށް ކްރެޑިޓް ސްކީމެއްގެ ދަށުން އާރުއޯ ވޯޓަރ ޕިއުރިފަޔަރ ޕްލާންޓް ދޫކުރުމަށް 26 މާރިޗު 2024 ގައި ބޭއްވުނު ކައުންސިލްގެ 4 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 14 ވަނަ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.
ވީމާ، މި ކަމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް މި ކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ.
https://forms.gle/LtvXZ7DJXoRS2Yam7
05 ޝައްވާލް 1445
14 އޭޕްރިލް 2024
ތައުފީޤު ޢަލީ
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ ރައީސް