Maldives
އިޢުލާން
ވަޒީފާގެ ފުރުސަތު
ކައުންސިލް އެސިސްޓެންޓް (އިޖުތިމާއީ ސަރަހައްދުތައް ކުނިކަހައި ސާފުކުރުމަށް ނެގޭ ވަގުތީ މުވައްޒަފުން) |
މަޤާމް: |
||||||||
03(ތިނެއް) |
ބޭނުންވާ އަދަދު: |
||||||||
ވަގުތީ (ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން) |
މަޤާމުގެ ގިންތި: |
||||||||
ވަޒީފާ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 06 މަސްދުވަހަށް. (މީގެ އިތުރުން، ކައުންސިލުން ބޭނުންވެއްޖެ ހިނދެއްގައި 06 މަސްދުވަހަށްވުރެ އިތުރުނުވާނޭގޮތަށް މުއްދަތު އިތުރު ކުރެވޭނެއެވެ.) |
މުއްދަތު: |
||||||||
ގަޑިއިރަކަށް -/38 ރުފިޔާ |
މަޤާމުގެ މުސާރަ: |
||||||||
އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ ގަޑިއިރަކަށް -/38 ރުފިޔާ. |
އެލެވަންސް: |
||||||||
ހަފްތާއަކު 6 ދުވަހު ދުވާލަކު 5 ގަޑިއިރު. |
އާއްމު ގޮތެއްގައި މަސައްކަތްކުރަންޖެހޭ ވަގުތު: |
||||||||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
||||||||
1. ދިވެއްސަކަށްވުން 2. ލިޔަންކިޔަން އެނގުން. 3. އުމުރުން 18 އަހަރު ފުރި 60 އަހަރު ފުރިފައިނުވާ މީހަކަށް ވުން. 4. މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭފަދަ ސިއްޙަތެއްގައި ހުރުން. |
މަޤާމުގެ ޝަރުޠުތައް: |
||||||||
(ހ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
||||||||
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
||||||||
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 އޭޕްރިލް 2024 ގެ 11:00 ގެ ކުރިން، ބ. ހިތާދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް ކުރައްވާނަމަ ސުންގަޑީގެ ކުރިން އީމެއިލް ލިބުނުކަން ކަށަވަރުކުރުމަކީ އީމެއިލް ކުރައްވާ ފަރާތުގެ ޒިންމާއެކެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
||||||||
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 28 އޭޕްރިލް 2024 އާއި 02 މެއި 2024 އާ ދެމެދު، ބ.ހިތާދޫ ކައުންސިލްގެ އިދާރާގައެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4005080 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.
05 ޝައްވާލް 1445 ހ.
14 އޭޕްރިލް 2024 މ.