މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
ލައިބްރޭރިއަން

މުވައްޒަފުން ބޭނުންވެއްޖެ

މަޤާމު : ލައިބްރޭރިއަން

ބޭނުންވާ އަދަދު : 1 ( އެކެއް )

މަސައްކަތްކުރުމަށް ހަމަޖެހިފައިވާތަން : މުޙްޔިއްދީން ސްކޫލް / މާލެ

ޝަރުޠު : ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ތިރީގައި މިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

އެމް. އެސް 2

ސީނިޔަރ އޮފިސަރ ގްރޭޑް 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

-/6295

-/2000

މަޤާމުގެ މަސްއޫލިއްޔަތު:

  • ޓައިމްޓޭބަލާ އެއްގޮތްވާ ގޮތުގެ މަތިން ލައިބްރަރީ ގަޑިތަކަށް ލައިބްރަރީ ތައްޔާރުކުރުން
  • ލައިބްރަރީ ގަޑީގައި ޓީޗަރުންގެ ލަފާގެމަތިން ދަރިވަރުންނަށް ދޭންޖެހޭ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން.
  • ލައިބްރަރީ ގަޑި ނިމުމުން ދަރިވަރުން ބޭނުންކުރި ފޮތްތައް ތަރުތީބުކޮށް ފޮތްހަރުތަކުގައި އެތުރުން.
  • ލައިބްރަރީގެ ގަވާއިދުތަކާއި އޫސޫލުތައް ދަރިވަރުންނަށް އޮޅުންފިލުވައިދީ ދޭތެރެދޭތެރެއިން އެކަން ދަރިވަރުންނަށް ހަނދާންކޮށްދިނުން.
  • ލައިބްރަރީން ގަވާއިދުން ދަރިވަރުންނަށް ފޮތް ނެގޭނެ އިންތިޒާމެއް ހަމަޖައްސައިދިނުން.
  • ދަރިވަރުންގެ ކިބައިގައި ކިޔުންތެރިކަން އަށަގެންނެވުމުގެ ޕްރޮގްރާމްތައް ހިނގުން.
  • ލައިބްރަރީއަށް އަލަށް ގެންނަ ފޮތްތަކުގެ މަޢުލޫމާތު ވީ އެންމެ އަވަސް މުއްދަތެއްގައި ދަރިވަރުންނަށް ފޯރުކޮށްދިނުން.
  • ލައިބްރަރީގެ ގަވާއިދުތަކަށް ދަރިވަރުން ބޯލަނބާކަން ކަށަވަރުކުރުން.
  • ލައިބްރަރީގެ ފޮތް ސްޓޮކް ތަފުސީލުކޮށް ބެލެހެއްޓުން.
  • ލައިބްރަރީގެ ފޮތްތަކާއި އެހެނިހެން ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުން.
  • ލައިބްރަރީން ދަރިވަރުންނާއި އެހެނިހެން މުވަޒަފުންނަށް ދޫކުރާ ފޮތްތަކުގެ ތަފުސީލު ބެލެހެއްޓުން.
  • ލައިބްރަރީން ދަރިވަރުންނާއި އެހެނިހެން މުވަޒަފުންނަށް ދޫކުރާ ފޮތްތައް އަނބުރާ ދައްކާކަން ކަށަވަރުކުރުން.
  • ލައިބްރަރީން ދަރިވަރުންނާއި އެހެނިހެން މުވަޒަފުންނަށް ދޫކުރާ ފޮތްތައް އަނބުރާ ނުދައްކާނަމަ އަޅަންޖެހޭ ފިޔަވަޅު އެޅުން.
  • ލައިބްރަރީން ބާވެ ހަލާކުވާ ފޮތްތަކުގެ ތަފުސީލު ހަވާލުވެ ހުންނަ ސްޕަވައިޒަރަށް ގަވާއިދުން ދެމުން ގެންދިއުން.
  • ލައިބްރަރީއަށް އާފޮތް ހޯދުމަށްޓަކައި ދަރިވަރުންނާއި ޓީޗަރުންގެ ކިބައިން މަޢުލޫމާތު ހޯދައި އެއްމަޢުލޫމާތު ސްޕަވައިޒަރަށް ގަވާއިދުން ދެމުން ގެންދިއުން.
  • ލައިބްރަރީގެ ގަވާއިދުތައް ޓީޗަރުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުން.
  • ލައިބްރަރީގެ ގަވާއިދުތަކާއި އޫސޫލުތައް ޓީޗަރުންނަށް އޮޅުންފިލުވައިދީ ދޭތެރެދޭތެރެއިން އެކަން ދަރިވަރުންނަށް ހަނދާންކޮށްދިނުން.
  • އެކުގައި މަސައްކަތްކުރާ ލައިބްރަރީ މުވައްޒަފުންގެ އެހީތެރިކަމާއެކު ލައިބްރަރީގެ އަހަރީރިޕޯޓު އަހަރު ނިމުމުން ހަވާލުވެހުންނަވާ ސްޕަވައިޒަރަށް ހުށަހެޅުން.
  • މިވަޒީފާއަށް މީހަކު ހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް:

    - ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަރވިޔުކުރުން.

    - މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 30 އެޕްރީލް 2015 އިން 04 މޭ 2015 އާ ދެމެދު މުޙްޔިއްދީން ސްކޫލުގައެވެ.

ހުށަހަޅުއްވަންޖެހޭ ތަކެތި:    

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓް ކޮށްފައިވާ ކޮޕީ
  • ތަޖުރިބާގެ ލިޔުންތައް
  • މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ސާފު ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ، ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު
  • ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

- ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.muhyiddinschool.edu.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

އިތުރުގަޑީގެ ފައިސާ: މިމަޤާމުތަކަށް އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި: 30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު މުޙްޔިއްދީން ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: ޝަރުޠު ހަމަނުވާ އެޕްލިކޭޝަންތަކާއި، ހުށަހަޅަންޖެހޭ ތަކެތި ހަމައަށް ހުށަހަޅުއްވާފައި ނުހުންނަ އެޕްލިކޭޝަންތައް އަދި ފެކްސް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ފޯނު: 3390635

22 އޭޕްރިލް 2015
ހޯދާ