ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

ފ.އަތޮޅު ތަޢުލީމީ މަރުކަޒު

 

 

   ފ.ނިލަންދޫ،  

އިޢުލާން ނަންބަރ:

(IUL)GS37-B/GS37/2024/15

   ދިވެހިރާއްޖެ.

ޕްރޮކިއުމަންޓް ނަންބަރު:

(P)GS37/2024/02

 

 

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

  1. 2024 ޖޫން 01 އިން ފެށިގެން 06މަސްދުވަހުގެ މުއްދަތަށް މި މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިކަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން 2024 އެޕްރީލް 14 ން 2024 އެޕްރީލް 18 ގެ ނިޔަލަށް ތިރީގައިވާ އީމެއިލް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 އެޕްރީލް 21 ވަނަ ދުވަހުގެކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން 2024 އެޕްރީލް 25 ވަނަ ދުވަހުގެ 11:00 ގައިފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުގައި އޮންނާނެއެވެ.
  6. މި މަސައްކަތުގެ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  7. މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފ. އަތޮޅު ތަޢުލީމީ މަރުކަޒު

ފޯން:  7952909

އީ-މެއިލް: [email protected]

 

14 އޭޕްރިލް 2024
ހޯދާ