ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިމާމުވެ ތަރާވީޙު ނަމާދުކުރުމަށް ޙާފިޡަކު ހޯދުމާބެހޭ
މިކައުންސިލްގެ ނަންބަރު IUL)417-CA/417/2015/22)ފ(12 އެޕްރީލް 2015) އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް އަންދާސީހިސާބު ލިބިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިއަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުލްފުރުޤާނުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙުނަމާދު ކޮށްދޭނެ ޙާފިޡަކު މިކައުންސިލަށް ހަމަޖައްސައިދެން އެދޭ ފަރާތްތަކުން ތިރީގައިމިވާ މަޢުލޫމާތާ އެއްގޮތަށް 03 މޭ 2015 ދުވަހުގެ 10:00 ގެ ކުރިން އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު:
- ޙާފިޡު ވާންޖެހޭނީ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީ އެޕްރޫވް ކޮށްފައިވާ ޙާފިޡުކަމުގެ ސަނަދު އޮތް ފަރާތަކަށެވެ.
- ޙާފިޡަކީ ރާއްޖެއިން ބޭރު ފަރާތެއްނަމަ، ނަގަންޖެހޭ ޚާއްޞަ ވިސާގެ ފޯމުގައި ކައުންސިލްގެ ތައްގަނޑު ޖަހައިދެވޭނެއެވެ.
- 16 ޖޫން 2015 ވާ އަންގާރަ ދުވަހުގެ ކުރިން ޙާފިޡު ހޯނޑެއްދޫއަށް ފޮނުވަންވާނެއެވެ.
- ޙާފިޡު ހޯނޑެއްދޫއަށް ގެނައުމަށާއި ފުރުވުމަށް ކުރަންޖެހޭ ދަތުރުތަކުގެ ހުރިހާ ޚަރަދެއް ކުރަންޖެހޭނީ ޙާފިޡު ގެނެސްދޭ ފަރާތުންނެވެ. މީގެ ތެރޭގައި ޙާފިޡު ހޯނޑެއްދޫއާ ހަމައަށް ފޮނުވައިދިނުމަށް ކުރަންޖެހޭ އެންމެހައި ޚަރަދެއް ހިމެނޭނެއެވެ.
- ޙާފިޡު ހޯނޑެއްދޫގައި ހުރުމާއި ކެއުމުގެ ހުރިހާ ޚަރަދެއް ކުރާނީ މި ކައުންސިލުންނެވެ.
- 17 ޖުލައި 2015 ވަނަ ދުވަހުގެ ކުރިން ހާފިޒު ހޯނޑެއްދޫއިން ފުރުމުގެ އިންތިޒާމް ހާފިޒް ގެންނަ ފަރާތުން ހަމަޖައްސަންވާނެއެވެ.
- ޕޮއިންޓް ދެވޭނެ މިންގަނޑު
-
- ހުށަހަޅާ އަގު 100 ޕޮއިންޓް (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭގޮތަށް)
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
02 ރަޖަބު 1436
21 އޭޕްރިލް 2015
ހޯދާ