ދިވެހިރާއްޖެ
މިކައުންސިލް އިދާރާގެ ނަންބަރު 348/2015/2/P-ފ141 (11 މާރިޗު 2015) އިޢުލާނުން މަސައްކަތް ކުރުމަށް ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށްފީމެވެ.
ވީމާ، އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ފުޓުބޯޅަދަނޑުގެ ވަށައިގެން ދާ ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 2015 އެޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އދ. އޮމަދޫ ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 11 ވާ ހޯމަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން ކައުންސިލް އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަވެސް ދަންނަވަމެވެ. އަންދާސީހިސާބުތައް ކެނޑުން އޮންނާނީ ހުށަހަޅުއްވާ އެންމެންގެ ހާޒިރުގައެވެ.