ދިވެހިރާއްޖެ
މި މިނިސްޓްރީގެ ފަރާތުން 28-30 މޭ 2015 އަށް ބާއްވާ ކޮންސްޓްރަކްޝަން އެވެޔަރނަސް ޗެލެންޖުގެ އިވެންޓް ރާވައި ހިންގާނެ ބަޔަކު ހޯދަން ބޭނުންވެއެވެ. މި އިވެންޓް ރާވައި ހިންގާ ފަރާތަކުން ދެދުވަހުގެ ކޭޓްރިންގއާއި މި މިނިސްޓްރީން ދެއްވާ އިރުޝާދާ އެއްގޮތަށް އެގްޒިބިޓްސް ޑިސްޕްލޭ ކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުން ހިމެނެއެވެ.
ވީމާ، މިމަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މި އޮފީހަށް އަގު ހުށަހަޅުއްވައިދެއްވުން އެދެމެވެ.
ތާރީޚު |
ވަގުތު |
ތަފުސީލު |
30 އެޕްރީލް 2015 ބުރާސްފަތި |
14:00 - 8:30 |
މަޢުލޫމާތުޝީޓު ދޫކުރުން (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރކްޗަރގެ ކައުންޓަރުން) |
07 މޭ 2015 ބުރާސްފަތި |
11:00 |
އަގު ހުށަހެޅުއްވުން |
އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
03 ރަޖަބު 1436