އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމް ފަހާދޭނެ ފަރާތެއް ހޯދުމަށް

 

އިޢުލާން

އަނގޮޅިތީމު ސްކޫލުގެ އެކްޓިވިޓީ ޔުނީފޯމް ފަހާދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

 

          މި ސްކޫލުގެ އެކްޓިވިޓީ ޔުނީފޯމް، މި ސްކޫލުން ދޭ ނަމޫނާއާއި އެއްގޮތަށް ފަހާދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު (GS125/IUL/2024/05) (26 މާރޗް 2024) އާއި ގުޅިގެން ނަން ނޯޓް ކުރައްވާފައިވަނީ ދެ ފަރާތަކުން ކަމުގައިވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.  

         މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

         ވީމާ، މި ބީލަމުގައި ބައިވެރިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 އެޕްރީލް 15އަދި 16 މި ދެދުވަހުގެ  9:00 އާ 13:00 އާ ދެމެދު ސްކޫލަށް ވަޑައިގެން ނުވަތަ  [email protected] މި އީ-މެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ފޯމް ހުށައެޅުވުން އެދެމެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.

         މި ބީލަމާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2024 އެޕްރީލް 17 ވާ ބުދަ ދުވަހުގެ ހެނދުނު 13:00ގައި އަނގޮޅިތީމު  ސްކޫލުގައެވެ. އަދި ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024 އެޕްރީލް 29 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގައި އަނގޮޅިތީމު ސްކޫލުގައެވެ.

         ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް ދެންނެވިފައިވާ ތާރީޚުގެ ކުރިން، ނަން ނޯޓު ކުރެއްވުން އެދެމެވެ. އަދި ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް އިދާރާއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ. 

        ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

14 އޭޕްރިލް 2024
ހޯދާ