ދިވެހިރާއްޖެ
މިމަދަރުސާއިންދޭ މަޢުލޫމާތާ އެއްގޮތަށް 50 މޭޒު އަމިއްލަތަކެތީގައި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން (ޤާނޫން ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި މަދަރުސާއަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުން |
2024 އެޕްރީލު 17 ވާ ބުދަ ދުވަހުގެ 11:00 ގައި |
އަންދާސީހިސާބު ހުށަހެޅުއްވުމާއި، ކެނޑުން |
2024 އެޕްރީލު 24 ވާ ބުދަ ދުވަހުގެ 11:00 ގައި |
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ އެކަންބަޔާންކޮށް މަދަރުސާއަށް ސިޓީހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާނަމަ، 6560019 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި މިމަދަރުސާގެ ނަމްބަރު GS07/IUL/2024/010 އިޢުލާނާގުޅިގެން އެއްވެސްފަރާތަކުން ކުރިމަތިލައްވާފައިނުވާތީ، އެ އިޢުލާން ބާޠިލްކުރިވާހަކަ ދެންނެވީމެވެ.
05 ޝައްވާލު 1445
14 އެޕްރީލު 2024