ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ނިލަންދޫ އިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުން.

ފ. ނިލަންދޫން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުން.

2024 އެޕްރީލް 03ގައި ބޭއްވި މިކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 14 ވަނަ ޖަލްސާއިން ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ފާސްކޮށް، 30 މާރިޗު 2024 ގައި ގެޒެޓްކޮށްފައިވާ ގޯތި ދޫކުރުމާބެހޭ އުޞޫލަށް ބައެއް އިޞްލާޙް ގެނެސް، އެބަދަލުތަކާއެކު 2024 އެޕްރީލް 12ގައި ވަނީ އެއުޞޫލު ގެޒެޓްކޮށްފައެވެ. އެހެންކަމުން ކައުންސިލުން ނިންމާފައިވާ ގޮތުގެ މަތިން ފ. ނިލަންދޫ އިން ދިރިއުޅުމުގެ ބޭނުމަށް ބަންޑާރަގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ.

ދޫކުރެވޭ ގޯތިތަކާބެހޭ މަޢުލޫމާތު:

1.1- ގޯތީގެ ޢަދަދު: 129

1.2- ގޯތީގެ ސައިޒް: 2000 އަކަފޫޓްގެ 96 ގޯތި، 2800 އަކަފޫޓުގެ 33 ގޯތި

1.3- ގޯތި ދޫކުރާ ސަރަޙައްދު:   

ރަށުގެ ހުޅަނގު ފަރާތުން ހިއްކާފައިވާ ސަރަހައްދުން 96 ގޯތި

ފ. ނިލަންދޫ "ވެލި" ގޭގެ ކުރިމަތިން އޮތް ސަރަހައްދުން 05 ގޯތި

    ފ. ނިލަންދޫ "ހުވަނދު" ގޭގެ ކުރިމަތިން އޮތް ސަރަހައްދުން 04 ގޯތި

    ފ. ނިލަންދޫ "ހިމިތި" ގޭގެ އަތިރިން އޮތް ސަރަހައްދުން 24 ގޯތި

ފ. ނިލަންދޫ އިން ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުޠުތައް؛

01-                  ދިވެހި ރައްޔިތަކު ކަމުގައިވުން.

02-                  ޢުމުރުން 18 އަހަރުވެފައިވުން.

03-                  ބަންޑާރަ ގޯއްޗެއް ނުވަތަ ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބައެއް، ގޯއްޗަށް އެދޭ ފަރާތުގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުން

04-                  ރާއްޖޭގެ އެއްވެސް ތަނަކުން 600 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުން، އަދި 600 އަކަފޫޓަށްވުރެ ކުޑަ ބައެއް ރަޖިސްޓަރީވެފައިވާނަމަ، ނުވަތަ ލިބިފައިވާނަމަ މިފަދަ ބައެއް ގޯތި ދޫކުރުމުގެ އުޞޫލާއި އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލަން އެއްބަސްވުން. ( އިޤްރާރު - ގޯތި ދޫކުރުމާބެހޭ އުޞޫލުގެ ޖަދުވަލް 4 ގައި )

05-                  ގޯއްޗަށް އެދޭ ފަރާތަށް ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗަކުން ތަރިކައިން ލިބެން އޮންނަ ބައި ގޯތި ދޫކުރުމުގެ އުޞޫލާއި އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން. އެފަދައިން ދޫކޮށްލަން އެއްބަސްވާކަމުގެ އިޤްރާރު ފޯމާއެކު ހުށަހަޅަންވާނެއެވެ. ( އިޤްރާރު - ގޯތި ދޫކުރުމާބެހޭ އުޞޫލުގެ ޖަދުވަލް 5ގައި )

06-                  ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން 600 އަކަފޫޓަށްވުރެ ބޮޑު ފުލެޓެއް،ރޯހައުސްއެއް، އެއްމެދު ޢިމާރާތެއްގެ ފުލެޓެއް ގޯއްޗަށް އެދޭ ފަރާތުގެ ނަމުގައި އޮވެ އެތަން ދޫކޮށްލާފައި ނުވަތަ ވިއްކާފައިވުން

07-                  ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދޭނެގޮތުގެ މިންގަނޑުގައި ކަނޑައެޅިފައިވާ ޖުމްލަ ޕޮއިންޓު 60 (ފަސްދޮޅަސް) އަށްވުރެ މަތިން ޕޮއިންޓުލިބޭ ފަރާތެއް ކަމުގައިވުން.

ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ ގޮތް ގޯތި ދޫކުރުމާއިބެހޭ އުޞޫލުގައި ބަޔާންކޮއްފައިވާނެއެވެ. ގޯތި ދޫކުރުމާއި ބެހޭ އުޞޫލު މިއިޢުލާނާއި އެކުގައިވާނެއެވެ.

ގޯއްޗަށް އެދި ފޯމު ހުށަހެޅުން.

01-                   ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫއިން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ "ހިޔާވެހި" ޕޯޓަލް ތެރެއިން ފަހިވެފައިވާނެއެވެ.

02-                  ނިލަންދޫ ކައުންސިލަށް ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކުގެ ފޯމުތައް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 01:00 އަށް ކައުންސިލް އިދާރާއިން ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.  

ވީމާ، މިކައުންސިލުން ގެޒެޓުކޮށްފައިވާ "ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު" އާއި އެއްގޮތަށް ބަންޑާރަ ގޯއްޗަށް ޝަރުތު ހަމަވާ ފަރާތްތަކުން 2024 އެޕްރީލް 14 އިން 2024 މެއި 30 ވާ ބުރާސްފަތި ދުވަހުގެ 13:00 އާއި ހަމައަށް ގޯއްޗަށްއެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލައި އެކަން އިޢުލާނުކުރަމެވެ. ބަންޑާރަ ގޯއްޗަށް އެދޭ ފޯމް މި އިދާރާގެ ރިސެޕްޝަނުންނާއި، ދިވެހި ސަރުކާރުގެ ގެޒެޓުންނާއި މިއިދާރާގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ.

04 ޝައްވާލް 1445

13 އެޕްރީލް  2024

13 އޭޕްރިލް 2024
ހޯދާ