ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޖުތިމާޢީ ސަރަޙައްދަށް އެޅިފައިވާ ކުނި ކަހައި ސާފުކޮށްދޭނެ ފަރާތެއް ހޯދުން.
އިޖުތިމާޢީ ސަރަޙައްދަށް އެޅިފައިވާ ކުނި ކަހައި، ވިނަ ނޮޅަންޖެހޭ ސަރަޙައްދުތައް ވިނަ ނޮޅައި ސާފުކުރަން ބޭނުންވެއެވެ.
ވީމާ، 01 މޭ 2015 އިން ފެށިގެން 31 ޑިސެންބަރު 2015 ވަނަ ދުވަހުގެ ނިޔަލަށް މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 10:00 އަށް ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ސާފުކުރަންޖެހޭ ސަރަޙައްދުތަކަކީ:
- ސްކޫލުގެ ހުޅަނގުގައި އޮންނަ ޝަހީދުޢަލީ މަގުގެ ދެކުނުކޮޅު ފެށޭ ހިސާބުން، ފުނަވާ ސަރަޙައްދުން އުތުރަށްގޮސް ގުންބަރަމަގާ ހަމައަށް ހިމެނޭ ރަށްމަތީ ސަރަޙައްދު.
- ޖަނަވަރީ މަގުގެ އިރުމަތީ ކޮޅުން ގޯތި ދޫކުރެވިފައިވާ ހިސާބުން ފެށިގެން ގޮނޑުދޮށާ ހަމައަށް އޮންނަ ސަރަޙައްދު.
- ނަމޫނާމަގުގެ ގޯތި ދޫކުރެވިފައިވާ ހިސާބުން ފެށިގެން ދެކުނަށް އޮތް ސަރަޙައްދު.
- ޒިޔާރަތްމަގު (ނުކުންނަމަގު)
- ހުރަސްމަގު (ނުކުންނަމަގާއި ދަށްފަރާތު މަގާ ދެމެދުގައި އޮންނަ މަގު)
- ދަށްފަރާތުމަގު
- ދެދަލޭކަ ހިނގުން (ވަށާހިނގާމަގު)
- ގުންބަރަމަގު
- ގަބުރުސްތާނު
- ކޯރަށްދާމަގު (އުތުރުއަވަށް)
- ރަށުގެ ކުޅިވަރު ކުޅޭ ބިން
މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6500034 ފޯނާ ގުޅުއްވުން އެދެމެވެ.
03 ރަޖަބު 1436
22 އޭޕްރިލް 2015
ހޯދާ