މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑެޕިއުޓީ ހެޑް ކޭޝިއަރ - އެކައުންޓްސް ޑިޕަރޓްމަންޓް / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ޑެޕިއުޓީ ހެޑް ކޭޝިއަރ

ބޭނުންވާ ޢަދަދު

01

ވަޒީފާގެ ބާވަތް

 ( ކޮންޓްރެކްޓް 01 އަހަރު ދުވަސް )

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެކައުންޓްސް ޑިޕަރޓްމަންޓް / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ޖުމްލަ މުސާރަ:

ލިބިފައިވާ ތައުލީމް އަދި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު

އިތުރު ޢިނާޔަތްތައް:

އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު މަޤާމާއިގުޅޭ ދާއިރާއިން މަސައްކަތު ތަޖްރިބާ ލިބިފައިވުން.
  • ގިނަވަގުތު މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ބޭރުން އަންނަ ރިސިޕްޓް ކޭޝް އަދި ޗެކްސް އާއި ހަވާލުވުން.
  • ރިސިޕްޓް ވައުޗަރ ފައިލްކުރުން.
  • ރިސިޕްޓް ވައުޗަރ ހެދުން.
  • މަސްފިހާރައިގެ ޑެއިލީ ސޭލްސް އެކައުންޓް ކުރުން.
  • ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން ނަގަންޖެހޭ ނަގުދު ފައިސާގެ ކަންތަށް ބެލެހެއްޓުން.
  • ކަނޑު އޮއްގިރީގެ މަސްވެރިންނަށް ފައިސާ ދޫކުރުން.
  • އެކައުންޓްސް ޑިޕާރޓްމަންޓްގެ ޕެޓީކޭޝް ބެލެހެއްޓުން.
  • މަސްފިހާރަތަކުން ލިބޭ ފައިސާ ޖެހިގެން އަންނަ ދުވަހު ބޭންކަށް ޖަމާކުރުން.
  • ހެޑްއޮފީސް އާއި ގުޅިގެން ފައިސާގެ ކަންތަށް ހަމަޖެއްސުން.
  • ސެންޓަރުތަކަށް ފައިސާ ފޮނުވުމުގައި ފުލުހުންގެ އެހީތެރިކަން ހޯދައި ، ފައިސާ ފޮނުވުމުގެ ޒިންމާ އުފުލުން.
  • ބޭންކްއިން ރިޓާރން ވާ ޗެކު ފައިނޭންސް މެނޭޖަރ މެދުވެރިކޮށް ލީގަލް ސެކްޝަނަށް ހުށައެޅުން.
  • އޮފީސް ހުޅުވާ ލެއްޕުން.
  • ކުންފުންޏަށް އެންމެފައިދާ ވާނޭހެން މަސައްކަތްކުރުން
  • ސެންޓަރުތަކަށާއި  އަދި ވަޒީފާއާއިގުޅިގެން ދަތުރުކުރަންޖެހޭ އެންމެހައިތަންތަނަށް ދަތުރުކުރުން.
  • ކުންފުނީގެ ސިއްރުތައް ހާމަކުރަންްޖެހޭފަރާތްފިޔަވައި އެހެން ފަރާތަކާއި ޙިއްސާ ނުކުރުން.
  • ޑިޕާރޓްމެންޓުން ނުވަތަ މެނޭޖްމަންޓުންް ހަވާލުކުރެވޭ އެހެނިހެން ( އިސްލާމްދީނާއި އަދި ދިވެހިރާއްޖޭގެ ޤާނޫނާއި ޚިލާފްނުވާ) މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ  (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ އީމެއިލް ކުރައްވާނީ   [email protected]އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 16 އޭޕްރީލު 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް. ގއ. ކޫއްޑޫގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  7787186/9150006 ފޯނަށް ގުޅުއްވުން އެދެމެވެ.

13 އޭޕްރިލް 2024
ހޯދާ