ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަރިކައިން ލިބެންއޮތް ބިމެއް ދޫކޮށްލިކަށް އެނގޭނޭ ލިޔުން ހުށަހެޅުމާ ގުޅޭ.

ތަރިކައިން ލިބެންއޮތް ބިމެއް ދޫކޮށްލިކަށް އެނގޭނޭ ލިޔުން ހުށަހެޅުމާ ގުޅޭގޮތުން ކޮށްފައިވާ

މިއިދާރާގެ ނަންބަރު:D-381/IUL/2024/17(29 ފެބްރުއަރީ 2024) ގެ އިޢުލާނާގުޅޭ:.

           

            ކުޑަހުވަދޫ  ދިރިއުޅުމަށްޓަކައި   ބަންޑާރަގޯތި   ދޫކުރުމަށް   ކޮށްފައިވާ   މިއިދާރާގެ  ނަންބަރު: D-381/IUL/2022/59 ( 30 އޯގަސްޓް 2022) ގެ އިޢުލާނާ ގުޅިގެން، ގޯތި ލިބިފައިވާ ފަރާތްތަކުގެ (ގުރުއަތުން ގޯތިލިބިފައިވާ ފަރާތްތައް) ތެރެއިން، ގޯތިދޫކުރުމަށް އާއްމުކޮށްފައިވާ ގައިޑްލައިންގެ 7ވަނަ ނަންބަރުގައިވާ ކަންކަން ފުރިހަމަކުރަންޖެހޭ ފަރާތްތަކުން، އެކަންކަން ފުރިހަމަ ކުރުމަށްޓަކައި ހުށަހަޅަންޖެހޭ ލިޔުންތައް ކަމާގުޅޭ ޢިދާރާއަކަށް ހުށަހެޅިކަން އަންގައިދޭ ލިޔުން ހުށަހެޅުމަށް މިއިދާރާގެ ނަންބަރު:D-381/IUL/2024/17(29 ފެބްރުއަރީ 2024) ގެ އިޢުލާނުން ދީފައިވާ މުއްދަތު 2024 ޖޫން 24 ގެ 14:00 ށް އިތުރުކުރެވިފައިވާކަން އާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.

11 އޭޕްރިލް 2024
ހޯދާ