އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޯޓަރ ޕިޔުރިފައި އަށް އެދުމުގެ ފުރުޞަތު އަލުން ހުޅުވާލުން

ނަންބަރ: A/IUL/344/2023/40

 

                      އިޢުލާން

 

                      

                    މިކައުންސިލްގެ 2022-2026 އަށް ހެދިފައިވާ ތަރައްޤީ ޕްލޭން ގައި މިރަށުގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ އިންތިޒާމް ގާއިމުކުރުމަށްޓަކައި ބުއިމަށް ބޭނުންކުރާ ފެން، ޕިއުރިފައި ފިލްޓަރ ސިސްޓަމް ބޭނުންކޮށްގެން ސާފުކޮށްފައިވާ ފެން ކަމުގައި ހެދުމުގެ ޕްރޮޖެކްޓްގެ ދަށުން، ވޯޓަރ ޕިއުރިފައި ބޭނުންވާ ގޭބީސީތަކުން ވޯޓަރ ޕިއުރިފައި އަށް އެދި ފޯމް ފުރުމަށް މިކައުންސިލުން ކުރި ނަމްބަރ: A/IUL/344/2023/117 (2023 ޑިސެމްބަރ 06) އިއުލާނުގެ މުއްދަތު ހަމަވިއިރު، ފޯމު ނުލެވިވާ ފަރާތްތަކުން މިފުރުސަތަށް އެދެމުންދާތީ، އަލުން ވޯޓަރ ޕިއުރިފައި އަށް އެދުމަށް ފުރުސަތުހުޅުވާލަމެވެ. ޕިއުރިފައި ބޭނުންވާ ގޭބީސީތަކުން މިއިއުލާނާއި އެކު އެޓޭޗްކުރެވިފައިވާ ފޯމް ފުރުއްވުމަށްފަހު، ގޭގެ ވެރިފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ އާއި އެކު 2024 އޭޕްރީލް 22 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިކަައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ. މިފޯމް މިކައުންސިލްގެ އިދާރާއިން ވެސް ލިބެން ހުންނާނެ ކަމުގައި ދެންނެވީމެވެ.

                 ރައްޔިތުންގެ ޞިއްޙީދުޅަހެޔޮކަމާއި ފުދުންތެރިކަމަށް ކުރޭ މިފަދަ ކަންކަން ރައްޔިތުން ބަލައިގަންނަކަމީ މިކައުންސިލްގެ ފަހުރެއްކަމުގައި ދެކެމެވެ.

09 އޭޕްރިލް 2024
ހޯދާ