ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL) -WDC/2024/01 |
ތާރީޚް |
30 ރަމަާޟާާން 1445 |
|
09 އޭޕްރީލް 2024 |
އ.ތ.މ ކޮމެޓީގެ ލޯގޯ ފަރުމާކުރުން
ގދ.ވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ލޯގޯ ފަރުމާކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.
އެގޮތުން ހުށަހެޅޭ ލޯގޯ ތަކުގެ ތެރެއިން އެންމެރަގަޅުކަމަށް ކަނޑައަޅާ ލޯގޯއެއް ހުށަހެޅުއްވި ފަރާތަކަށް -/4000 ( ހަތަރު ހާސް ރުފިޔާ ) ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.
ލޯގޯ ފަރުމާކުރުމާގުޅޭ މަޢުލޫމާތު ކަރުދާސް މިއިއުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެވެ.
ވީމާ،މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 އޭޕްރީލް 22 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ލޯގޯގެ ޑިޒައިން [email protected] އަށް މެއިލް ކޮށްދެއްވުމަށް ދަންނަވަމެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި 6840005 ނަންބަރު ފޯނަށް ގުޅުއްވައިގެން ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
އާމިނަތު މޫސާ
އ.ތ.މ ކޮމިޓީގެ ރައީސާ