ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އެއަރކޮންޑިޝަންތައް ސާރވިސްކޮށް ބަލަހައްޓައިދެއްވޭނެ ފަރާތެއް ހޯދުމަށް

މި އެޖެންސީގެ އެއަރކޮންޑިޝަންތައް 1 އަހަރު ދުވަހުގެ މުއްދަތަށް ސާރވިސްކޮށް ބަލަހައްޓައިދެއްވޭނެ ފަރާތެއް ހޯދުމަށް ކުރެވުނު IUL)199-GAS/199/2015/12)ފ(09 އެޕްރީލް 2015) ނަންބަރު އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން އެކަށީގެންވާ އަދަދަށް މީހުން ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއެޖެންސީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 06 މޭ 2015 ވާ ބުދަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު މި އެޖެންސީއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުމަށް ދީފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.

23 އޭޕްރިލް 2015
ހޯދާ