ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސުޕަވައިޒަރ

އިޢުލާން

ނަންބަރު: WAMCO-HR/IUL/2024/029

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ސުޕަވައިޒަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އޮފިސަރ

މުސާރައާއި ޢިނާޔަތްތައް

މަހަކު -/12,000 އާއި -/ 17,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

އިތުރު ޢިނާޔަތްތައް

  1.   ކޯޕަރޭޓް ހެލްތް އިންޝުއަރެންސް
  2.  ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) / ނަދާން އޮޕަރޭޝަންސް، ކުޅުދުއްފުށި އޮޕަރޭޝަންސް (ހދ. ކުޅުދުއްފުށި)

ވަޒީފާ އަދާ ކުރަންޖެހޭ ގަޑި

ދަންފަޅި އުސޫލުން

ބޭނުންވާ އަދަދު

02

ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން ؛ ނުވަތަ،
  2. އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ،
  3. ޖީ.ސ.އީ އޭ ލެވެލް އިން މަދުވެގެން 02 މާއްދާއިން ފާސްވެފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  4. އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުން،
  5. މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން،
  6. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން،
  7. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކޯޕަރޭޝަނުން ކަނޑައަޅާ ތަނެއްގެ ކުނި މެނޭޖްކުރާ ސައިޓްތަކުން، ސުޕަވައިޒަރާއި ހަވާލުކުރާ ސައިޓެއްގެ ދުވަހުން ދުވަހަށް ބަލަހައްޓަން ޖެހޭ އެންމެހައި މަސައްކަތްތައް ގާތުން ބަލައި ސުޕަވައިޒްކުރުން.
  2. ސައިޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޑިއުޓީ ރޮސްޓަރއާއި އެއްގޮތަށް މަސައްކަތައް ކުރޭތޯ ޔަގީންކޮށް ސުޕަވައިޒްކުރުން.
  3. އޮޕަރޭޝަން ޑިޕާޓްމަންޓަށް ހަވާލުކުރަންޖެހޭ ރިޕޯޓުތަކާއި ލިޔެކިޔުންތައް ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ފުރިހަމަކޮށް ގަވައިދުން ޑިޕާޓްމަންޓަށް ފޯރުކޮށްދިނުން.
  4. ސައިޓުގައި ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކަށް ބުރޫ ނާރާނެފަދަ ގޮތަކަށް މަސައްކަތްތައް ބެލެހެއްޓުން އަދި ސައިޓުގައި ދިމާވާ މައްސަލަތައް ލައިން މެނޭޖަރގެ އިރުޝާދާއިއެކު ހައްލުކުރުން.
  5. ކޯޕަރޭޝަނުން ކަނޑައަޅާ ތަނެއް ނުވަތަ ސަރަހައްދުގައި ކުނި މެނޭޖްކުރުމުގެ ހިދުމަތްތައް ހަރުދަނާ ކުރުމަށްޓަކައި ކުރެވޭ އެންމެހާ މަސައްތަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  6. ޑިޕާޓްމަންޓުން ހަވާލުކުރާ މަޤާމާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން.
  7. ކޯޕަރޭޝަންގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ކޯޕަރޭޝަންގެ ހުރިހާ ޑިފާޓްމަންޓްތަކާއެކު މަސައްކަތްކުރުން.
  8. މީގެއިތުރުން ކޯޕަރޭޝަނުން ހިންގާ އިތުރު ހަރަކާތްތަކުގައި އިސްނަގައިގެން ހަރަކާތްތެރިވުމާއި އަދި ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހެއްކަމުގައިވުން
  • މީހުންނާއި ރަނގަޅަށް މުއާމަލާތްކުރަން އިނގޭ ފަރާތެއްކަމުގައިވުން
  • އިންޓަވިއު

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) އިންޓަވިއުއަށް ދުރުވާ ފަރާތްތަކުން ހުށައަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ހިއްޕަވައިގެން އިންޓަވިއުއަށް ދުރުވުން އެދެމެވެ. ލިޔެކިޔުންތައް ނުގެނެވޭނަމަ އެލިޔުމަކަށް ލިބޭ މާކްސް އުނިކުރެވިގެން ދާނެއެވެ.

  1. ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 04 މަސްދުވަސް ހަމަނުވާ)
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

2024 އެޕްރީލް 18 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލްކުރެއްވުން.

އިންޓަރވިއު:

- އިންޓަރވިއުއާއި އިމްތިޙާނުކުރުން އެޕްރީލް / މެއި މަހުގައިކުރިއަށް ގެންދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ.

މަތީގައި ބަޔާން ކުރެވިފައިވާ އެޑްރެހަށް ނުވަތަ މެއިލްއަށް ލިބޭ ފޯމްތައް ފިޔަވާ އިތުރު ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. (ޝޯޓް ލިސްޓް ކުރުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބެލޭނެއެވެ.)

އިންޓަވިއުއަށް ދުރުވާ ފަރާތްތަކުން ހުށައަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ހިއްޕަވައިގެން އިންޓަވިއުއަށް ދުރުވުން އެދެމެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް 3000581 ފޯނަށް ގުޅުއްވުން އެދެމެވެ.

08 އެޕްރީލް 2024

 

08 އޭޕްރިލް 2024
ހޯދާ