ދިވެހިރާއްޖެ
ނަންބަރ: A/IUL/344/2024/39
އިއުލާން
ލާމަރުކަޒީ ޤާނޫނުގެ 2010/7 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 2-107 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ލޭންޑް ޔޫސް ޕްލޭނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިރަށުގެ ރައްޔިތުންނަށް ހުށައަޅާ ފާސްކުރުމަށް ބޭއްވޭ ބައްދަލުވުން ބާއްވާނީ އއ. ފެރިދޫގެ ގެތައް ކޮށިތަކަށް ބަހާލުމަށްފަހު، އެކޮށިތަކުގައިވާ ގެތަކުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް ކަނޑައެޅިފައިވާ ތާރީޚަށް،، އއ. ފެރިދޫ ކައުންސިލްގެ އިދާރާއަށް ހާޒިރުވެގެން ކަމަށް، މިކައުންސިލްގެ 04 ވަނަ ދައުރުގެ 131 ވަނަ ޢާންމު ޖަލްސާއިން ވަނީ ނިންމާފައެވެ.
މިގޮތުން ބައްދަލުވުންތައް ބާއްވަން ހަމަޖެހިފައިވާ ކޮށީ ނަންބަރ، ތާރީޚް އަދި ގަޑި ތިރީގައި އެވަނީ އެވެ.
- ތާރީޙް: 14.04.2024 (އާދީއްތަ) ގަޑި:11:00 ކޮށި ނަންބަރ: 1،2،3،4،5،6،8،9،12،18
- ތާރީޙް: 15.04.2024 (ހޯމަ) ގަޑި:11:00 ކޮށި ނަންބަރ: 10،13،19،23،24،32
- ތާރީޙް: 16.04.2024 (އަންގާރަ) ގަޑި:11:00 ކޮށި ނަންބަރ: 11،14،15
- ތާރީޙް: 16.04.2024 (އަންގާރަ) ގަޑި:13:00 ކޮށި ނަންބަރ: 26،27،33،42،43،49
- ތާރީޙް: 17.04.2024 (ބުދަ) ގަޑި:11:00 ކޮށި ނަންބަރ: 16،17،20،25،36،50
- ތާރީޙް: 18.04.2024 (ބުރާސްފަތި) ގަޑި:11:00 ކޮށި ނަންބަރ: 28،29،30،38،51
ކޮށީނަންބަރުތައް އެނގޭނެ ކުރެހުން މިއިޢުލާނާއި އެކު އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.