މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހާ ގުޅިގެން ގްރޭޓަރ މާލެ އޭރިއާގެ މަގުތަކުގައި އިންޖީނުލީ އަދި ބެޓެރި ވެހިކަލްތައް ދުއްވުން މަނާކުރުމާއި ގުޅޭ

1445ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޢީދު ދުވަހުގެ ހަވީރު 16:00އިން 18:00އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ ޢާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 140 ވަނަ ރަސްމީ އާންމު ބައްދަލުވުމުން 28 މާރިޗު 2024ގައި ވަނީ ނިންމާފައެވެ.

އަދި މަތީގައި ދެންނެވިފައިވާ ގަޑީގައި އިމަޖެންސީ ޙާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްޞަ ސްޓިކަރ މި ކައުންސިލްގެ ޢާންމު ޚިދުމަތާއި ބެހޭ ބައިން އެފަދަ ޚިދުމަތްތައް ދޭ ވެހިކަލްތަކަށް 8 އެޕްރީލް އަދި 9 އެޕްރީލް މި ދެ ދުވަހު ހެނދުނު 10:00ން މެންދުރު ފަހު 2:00 އަށް ދޫކުރާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، ގްރޭޓަރ މާލެ އޭރިއާގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭ މަގުތަކުގައި ޢީދު ދުވަހު ހަވީރު 16:00ން 18:00އަށް، އިންޖީނުލީ އަދި ބެޓެރި ވެހިކަލް ދުއްވުމަކީ މަނާކަމެއްކަމުގައި ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ. އަދި މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ.

07 އޭޕްރިލް 2024
ހޯދާ