ދިވެހިރާއްޖެ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުމާބެހޭ
މިކުންފުންޏަށް ޤާނޫނީ ލަފާދެއްވާނެ ފަރާތެއް ބޭނުންވާތީ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ލޯފާރމްތަކާއި އަމިއްލަ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
ކުރަންޖެހޭ މައިގަނޑު މަސައްކަތް:
- ކޯޕަރޭޝަނަށް ބޭނުންވާ ޤާނޫނީ ލަފާދިނުމާއި އެކަމާ ގުޅޭ ޤާނޫނީ މަސައްކަތް ކުރުން.
- ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއި މި ކޯޕަރޭޝަނާ ދެމެދު ވެވޭ އެއްބަސްވުންތައް ތައްޔާރުކުރުން.
- ކޯޕަރޭޝަންގެ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ދެފަރާތުން ވެވޭ އެއްބަސްވުން ތައްޔާރުކުރުން.
- ކަސްޓަމަރުންނާ ޖެހޭ މައްސަލަތަކުގައި ކޯޕަރޭޝަނަށް ޤާނޫނީ ކަންކަމުގައި އެހީތެރިވެދިނުން.
- އަދި މިނޫނަސް ކޯޕަރޭޝަނަށް ބޭނުންވާ ޙާލަތްތަކުގައި ޤާނޫނީ ކަންކަމުގައި ކޯޕަރޭޝަނަށް އެހީތެރިވެދިނުން.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 މޭ 2015 ވާ ބުދަ ދުވަހުގެ 10:00 ގައި އަންދާސީހިސާބާއި މަސައްކަތުގެ ތަފުސީލު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.
04 ރަޖަބު 1436
ނޯޓް: ޙައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތް ހުންނަނީ ޓެކްސް އެޕީލް ޓްރައިބިއުނަލް އޮފީހާ އިންވެގެންނެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3011000 އަށެވެ.