ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
2500 ލީޓަރުގެ ކަޅުހަމެއް ބަހައްޓައި ފެންވައިރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

ގއ.ކޮނޑޭ މެޖިސްޓްރޭޓު ކޯޓުގައި 2500 ލީޓަރުގެ ކަޅުހަމެއް ބަހައްޓައި ފެންވައިރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު މިކޯޓުގެ ނަންބަރު 2015/13/IUL)P2C)ފ(9 އެޕްރީލް 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ގއ.ވިލިނގިލީ މެޖިސްޓްރޭޓު ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ގއ.ވިލިނގިލީ މެޖިސްޓްރޭޓު ކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައިނުގަނަވޭނެ ވާހަކަ ދެންނެވީމެވެ.

4 ރަޖަބު 1436

27 އޭޕްރިލް 2015
ހޯދާ