ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ ސާނަވީ (އެސް.އެސް.ސީ) އިމްތިހާނުގެ ޖަވާބު ކަރުދާސް މާކު ކުރުމުގެ މަސައްކަތަށް ކްލެރިކަލް މުވައްޒަފުން ހޯދުން

އިޢުލާން

2024 ވަނަ އަހަރުގެ އެސް.އެސް.ސީ އިމްތިހާނަށް މާކަރުންނާއި ކްލެރިކަލް މުވައްޒަފުން ހޯދުމަށް ކުރި މި ޑިޕާޓްމަންޓްގެ ނަންބަރު: (IUL)120-C/1/2024/17،) 18 މާރިޗު 2024) ގެ އިޢުލާނަށް އެކަށީގެންވާ ވަރަށް ކްލެރިކަލް މުވައްޒަފުން ލިބިފައި ނުވާތީ، ކްލެރިކަލް މުވައްޒަފުން ހޯދުމަށް އަލުން އިޢުލާނުކުރަމެވެ. ކުރީގެ އިޢުލާނަށް އިޖާބަދެއްވައި ފޯމު ހުށަހެޅުއްވި ފަރާތްތަކުން މި އިޢުލާނަށް ފޯމު ހުށަހަޅުއްވަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ.

ޝަރުޠު:

  މާކިންގެ އިދާރީ މަސައްކަތް ކުރުމަށް އެއްބަސްވާ އަހަރުގެ އިމްތިޙާނުގައި ތިމާ ނުވަތަ ތިމާގެ ދަރި ބައިވެރި ވެފައިނުވުން

  1. ސާނަވީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން.

  ނުވަތަ މާކިންގެ އިދާރީ މަސައްކަތުގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަސްޢޫލިއްޔަތު:

  2024 ވަނަ އަހަރު އެޕްރީލްމަހުގައި އޮންނަ ސާނަވީ އިމްތިޙާނުގެ ނަތީޖާ ނެރުމަށްޓަކައި ޗީފް އެގްޒޭމިނަރުގެ ލަފަޔާ    އިރުޝާދުގެ ދަށުން އިދާރީ އެންމެހާ މަސައްކަތް ކުރުން

މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް:

  1. މާކިންގ ވާރކްޝޮޕް:

  07 މެއި 2024 އިން 09 މެއި 2024 އަށް (08:30 އިން 18:00 އަށް)

  1. މާކިންގ:

  11 މެއި 2024 އިން 23 މެއި 2024 އަށް (08:30 އިން 18:00 އަށް)

އުޖޫރަ:

  1. މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް -/60ރ (ފަސްދޮޅަސް ރުފިޔާ)
  2. ކުލްރިކަލް މުވައްޒަފުން މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި 1,000.00 (އެއްހާސް) ރުފިޔާ އެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. މާކިންގެ މަސައްކަތަށް އެދި ހުށަހަޅާ ފޯމު
  2. ވަނަވަރު (ސީ.ވީ)
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވަ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ
  5. ވަޒީފާ އަދާކުރާނަމަ އެކަމުގެ ލިޔުން

ސުންގަޑި:

 2024 އޭޕްރީލް 24 ބުދަ ދުވަހުގެ 13:00 ގެ ކުރިން

އެދެންވީ ގޮތް:

  • ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ "މާކުކުރުމުގެ މަސައްކަތަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު ހުށައަޅަންޖެހޭ ހުރިހާ ޑޮއިކުމަންޓްތަކެއް 01 ފައިލް އަކަށްވާ ގޮތަށް ޕީ.ޑީ.އެފް ކުރުމަށްފަހު، ފައިލު ނަމުގައި ފޯމުހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން ލިޔުއްވުމަށް ދަންނަވަމެވެ.
  • މާކުކުރުމުގެ މަސައްކަތަށް އެދޭ ފޯމު ފޮނުއްވާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް އަށް އީ-މެއިލް މެދުވެރިކޮށް [email protected] އަށެވެ. (ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އީ-މެއިލް މެދުވެރިކޮށް)
  • މާކުކުރުމުގެ މަސައްކަތަށް އެދޭ ފޯމު މި ޑިޕާޓްމަންޓް ގެ ވެބްސައިޓުން www.dpe.edu.mv ލިބެން ހުންނާނެއެވެ.
  • އެސް.އެސް.ސީ/އެޗް.އެސް.ސީ އިމްތިޙާނު މާކު ކުރުމުގެ މަސައްކަތަށް މީހުންނެގުމުގެ އުސޫލު  މި ޑިޕާޓްމަންޓް ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް 4003999 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.
03 އޭޕްރިލް 2024
ހޯދާ