ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލް އިން އިންތިޒާމްކޮށްގެން ފަނަރަ އަހަރުން ދަށުގެ ފިރިހެން ކުދިންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ފުޓުސަލް މުބާރާތުގައި ބައިވެރިވުމަށް ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލުން

ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލް އިން އިންތިޒާމްކޮށްގެން މި އަހަރުގެ މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފަނަރަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ ފުޓުސަލް މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ކުދިން ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.  ވީމާ މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ކުދިން 14 އޭޕްރީލް 2024 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ނަން ނޯޓު ކުރެއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ 15 ( ފަނަރަ) އަހަރުން ދަށުގެ ( 15 އަހަރު ވެފައިވާ ކުދިން ނުހިމެނޭނެ )  ފިނޭގައި ރަށްވެހިވެފައިވާ ކުދިންނަށެވެ.

މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 9958269 ނަންބަރަށް ގުޅުއްވުންއެދެމެވެ. ނުވަތަ[email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

ގޫގުލް ފޯމް ލިންކް: https://forms.gle/bk1JMgkR8i8ytqbh8

02 އޭޕްރިލް 2024
ހޯދާ