ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލް އިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ފިނޭ ކައުންސިލް ފަސްޓް ފުޓްސަލް ޓޯރނަމެންޓް 2024 އަދި ފިނޭ ކައުންސިލް ފަސްޓް އިންޓަރ އޮފީސް ފުޓްސަލް ޓޯރނަމެންޓް 2024 ގެ ހިންގާ ކޮމިޓީގައި އާއްމު ރައްޔިތުންގެ ތެރެއިން 2 މެންބަރުން ހިމެނުމަށް ބޭނުންވެއެވެ. ވީމާ މި ކޮމިޓީގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 އޭޕްރީލް 2024 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ނަން ނޯޓު ކުރެއްވުން އެދެމެވެ. މި މުބާރާތްތަކުގެ ހިންގާ ކޮމިޓީއަށް ކުރިމަތިލެވޭނީ އަންނަނިވި ފަރާތްތަކަށެވެ.
1- މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިފައިވާ ފިނޭގެ ރައްޔިތަކަށްވުން.
2- ފުޓުސަލްގެ ޢާއްމު ޤަވާއިދު ރަނގަޅަށް ދަންނަ ފަރާތަކަށްވުން.
2 ފަރާތަށް ވުރެ ގިނަ ފަރާތްތަކުން ކޮމިޓީގައި ބައިވެރިވުމަށް އެދި ނަން ނޯޓު ކުރައްވާފައިވާނަމަ ކޮމިޓީއަށް 2 މެންބަރުން ހޮވާނީ ނަން ނޯޓު ކުރެއްވި ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ.
މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 9958269 ނަންބަރަށް ގުޅުއްވުންއެދެމެވެ. ނުވަތަ[email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ގޫގުލް ފޯމް ލިންކް: https://forms.gle/dJom6H75Vnr3sQMP7