މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް އިވެންޓްސް ކޯޑިނޭޓަރ

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

 (IUL)MMPRC-HR/1/2024/37 :އިޢުލާން ނަންބަރު

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: އެސިސްޓެންޓް އިވެންޓްސް ކޯޑިނޭޓަރ

މުސާރަ (މަހަކު) : -/6،809 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް:-/2,383 ރުފިޔާ މަހަކު

ލިވިންގ އެލަވަންސް:-/2,043 ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: އިވެންޓްސް އޮޕަރޭޝަންސް

ބޭނުންވާ އަދަދު: 1

 1.ޝަރުޠު:

 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

 ހ.ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 (އެޑްވާންސް ސެޓްފިކެޓް) ގެ ސަނަދެއް ގުޅޭ ދާއިރާއަކުން   ހާސިލްކޮށްފައިވުން (ނުވަތަ)،

 ށ. ޖީ.ސީ.އީ އޭލެވެލް ފުރިހަމަކޮށްފައިވުން (ނުވަތަ)،

 ނޖީސީއީ އޯލެވެލް ފުރިހަމަކުރުމާއެކު، ގުޅޭ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 2.މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  ހ.  މި ކޯޕަރޭޝަނުން ކުރިއަށް ގެންދާ ލޯކަލް އަދި އިންޓަރނޭޝަނަލް އިވެންޓްސްތަކުގެ ތެރެއިން ޙަވާލުކުރެވޭ އިވެންޓްސްތައް   ރާވާ ހިންގުމަށް ކުރަންޖެހޭ މަސައްކަތް ތަކުގައި އެހީތެރިވުން.

  ށ. ކޯޕަރޭޝަންގެ އަހަރީ އިވެންޓް ޕްލޭން ތައްޔާރުކުރުމަށާއި، ސެކްޝަނުގެ އަހަރީ ބަޖެޓް ތައްޔާރުކުރުމަށް ކުރަންޖެހޭ އިދާރީ   މަސައްކަތް ކުރުން.

  ނ. އިވެންޓް ސެކްޝަނުން ކުރިއަށް ގެންދާ ހަރަކާތްތަކާއި ގުޅޭ ގޮތުން ބެއްވޭ ބްރެއިން ސްޓޯރމިންގ ސެޝަންތަކުގައި   ބައިވެރިވެ ޚިޔާލުތައް ހުށަހެޅުން.

  ރ. ޙަވާލުކުރެވިފައިވާ އިވެންޓްސްތަކުގެ ޕްލޭންސްތަކާއި،ސްކޯޕްސްތަކާއި، ކޮންސެޕްޓްސް ތަކުގެ ޑްރާފްޓްސްތައް ތައްޔާރުކުރުން.

  ބ. ސްޓޭކް ހޯލްޑަރސް، ވެންޑަރސް އަދި އެގްޒިބިޓަރުންނާއި ގުޅިގެން އިވެންޓްސްތަކުގެ އިންތިޒާމްތައް ހަމަޖެއްސުން.

  ޅ. އިވެންޓުގައި ބައިވެރިވުމަށް ދަތުރުކުރާ ކޯޕަރޭޝަންގެ ޑެލިގޭޝަން އެކަމަޑޭޝަން، ޓިކެޓްސް އަދި އެނޫންވެސް ދަތުރާއި   ގުޅުންހުރި އިންތިޒާމްތައް ހަމަޖެއްސުމަށް ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުން.

  ކ. އިވެންޓްސްތަކުގެ ލޮޖިސްޓިކްސް މަސައްކަތް ކުރުމާއި، އަދި ޕްރޮމޯޝަނަލް މެޓީރިއަލްސް ހަމަކުރުން.

  އ. އިވެންޓްސް ސެކްޝަންގެ އިދާރީ އެންމެހާ މަސައްކަތް ކުރުން.

  ވ. ލޯކަލް އިވެންޓްސް ބޭއްވުމަށް ހަމަޖެހޭ ސައިޓަށް ގޮސް ސުޕަރވައިޒަރުގެ އިރުޝާދުގެ ދަށުން އިންސްޕެކްޓް ކުރުމުގެ      މަސައްކަތް ކުރުން.

  މ. ސެކްޝަންގެ ކުއަރޓަރލީ ރިޕޯޓްސް ތައްޔާރުކުރުމުގައި ބޭނުންވާ މައުޅުޟާތު އެއްކުރުން.

  ފ. އިވެންޓްސްތަކުގެ ފީޑްބެކް ސަރވޭ ފޯމްސްތަކުގެ ޑްރާފްޓްސްތައް އެކުލަވާލުން.

  ދ.ފީޑްބެކް ސަރވޭސްތަކުގެ ޑޭޓާތައް އެނަލައިޒްކުރުމުގައި ސުޕަރވައިޒަރަށް އެހީތެރިވެދިނުން.

  ތ. އިވެންޓްސްތަކުގެ ޚަރަދު ތަފްސީލުގެ ރެކޯޑްސް އަޕްޑޭޓްކޮށް ބެލެހެއްޓުން.

  ލ. މި ކޯޕަރޭޝަންގެ އިވެނޓްސް އޮޕަރޭޝަންސް ސެކްޝަންގެ އެހެނިހެން މަސައްކަތްތައް ސުޕަރވައިޒަރުގެ ލަފާގެ ދަށުން   ކުރުން.

  ގ. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާ އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި   ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

 3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

 08 އޭޕްރީލް 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 4. ހުށައަޅަންޖެހޭ ލިޔުންތައް:

 ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

 ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ   ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

 ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

 ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ   ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

 ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

 5. އިތުރު މަޢުލޫމާތު:

 ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

 ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

 ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން   އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

 ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ   ވެބްސައިޓުގެ  https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް   ކުރެވޭނެއެވެ.

 ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ   ގޮތުގައެވެ.

 ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

 6. އެޑްރެސް ކުރައްވާނީ:

 ފާޠިމަތު ތައުފީޤު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

 މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

01 އޭޕްރީލް 2024

01 އޭޕްރިލް 2024
ހޯދާ