ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 އަހަރުގެ ފިޠުރު ޢީދު ފާހަގަ ކުރުމާއި އަދި ފިޠުރު އީދުގެ ސައި ތައްޔާރު ކުރުމާއި ގުޅޭ

1445 އަހަރުގެ ފިޠުރު ޢީދު ފާހަގަ ކުރުމާއި އަދި ފިޠުރު އީދުގެ ސައި ތައްޔާރު ކުރުމާއި ގުޅޭ

ގައްދޫ ކައުންސިލުން މި އަހަރުގެ ފިޠުރު އީދު ހަރަކާތްތައް ކުލަ ގަދަކޮށް ކުރިޔަށް ގެންދިޔުމަށް ބޭނުންވާތީ މި ހަރަކާތްތައް އައުޓްސޯސް ކުރުމަށް ވަނީ ނިންމާފައެވެ. އަދި މި ކަންތައް ކޮށްދޭނެ ފަރާތަކަށް 20000.00ރ (ވިހިހާސް ރުފިޔާ) ދިނުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތައް:

  • ޢީދު މަޅި
  • ޢީދު ސައި
  • ކޯޑީޔާ 

 

މާކްސް ދޭއިރު ބަލާނެ މިންގަޑަކީ:

  • ޕްރޮޕޯޒަލް ގައި ހުށަހަޅާފައިވާ ކަންތައްތަކަށް -70 ޕޮއިންޓް
  • ކަންތައްރާވައި ހިންގުމުގެ ގާބިލުކަން (މީހުންގެ ސީވީ) -30 ޕޮއިންޓް.

ކުރިމަތިލެވޭ ފަރާތްތައް:

  • ޖަމިއްޔާތައް
  • ވިޔަފާރިތައް
  • އަމިއްލަ ފަރުދު
  • އިދާރާތައް

 

ޕްރޮޕޯސަލް ހުށައެޅުމުގެ އެންމެ ފަހު މުއްދަތަކީ 06 އޭޕްރިލް 2024 ވާ ހޮނިހިރުދުވަހުގެ 16:00 އެވެ. ކޯޓޭޝަން ހުށަހަޅާނީ ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ އިދާރާއަށް ދުރުވެގެންނެވެ.  

 

އިދާރާ ހުޅުވާފައި ހުންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެދުނު 10:00 އިން 12:00 އަށެވެ. މިމަސައްކަތާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް 04 ފެބުރުއަރީ  2024 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން 9120126 ގުޅުއްވުން އެދެމެވެ.

             ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

31 މާރިޗު 2024
ހޯދާ