ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަހަރީ ލޯގޯ ފަރުމާ ކުރުމުގެ މުބާރާތް

އަހަރީ ލޯގޯ ފަރުމާ ކުރުމުގެ މުބާރާތް:

ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް ނާޞިރުގެ ވެރިކަމުގައި ކުރިއަށް ގެންދިއަ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ކޮނޑޭ ރައްޔިތުން 1970 ވަނަ އަހަރު ގއ.ދާންދޫއަށް ބަދަލު ކުރުމަށްފަހު، އަނބުރާ ކޮނޑޭއަށް ބަދަލުވި ތާރީޚީ މުނާޞަބާއަށް 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ކައުންސިލާއި، އަހަރީ ދުވަހުގެ މަސައްކަތްތަކަށް ނަގާފައިވާ ކޮމިޓީން ވަނީ ނިންމާފައެވެ. މިގޮތުން ކޮނޑޭގެ 50 ވަނަ އަހަރީ ދުވަސް "12 އެޕްރީލް 2025" މި މުނާޞަބަތާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެކިއެކި ހަރަކާތްތަކުގައި ބޭނުން ކުރުމަށް މުނާޞަތަބާއި ގުޅޭ ލޯގޯ ފަރުމާ ކުރުމަށް މުބާރާތެއް ކުރިއަށް ގެންދިއުމަށް ކައުންސިލާއި، އަހަރީ ކޮމިޓީއިން ވަނީ  ނިންމާފައެވެ. އަދި މުބާރާތައް ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން ހޮވޭ އެންމެ ފުރިހަމަ ލޯގޯއަކަށް ރަމްޒީ އިނާމެއްގެ ގޮތުގައި 3,000 (ތިންހާސް ރުފިޔާ) ދިނުމަށް ކައުންސިލާއި، އަހަރީ ކޮމިޓީއިން ވަނީ ކަނޑައަޅާފައެވެ.

ވީމާ، ކޮނޑޭގެ އަހަރީ ދުވަހުގެ ލޯގޯ ފަރުމާ ކުރުމުގެ މުބާރާތައް ލޯގޯ ހުށަހެޅުއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 05 އެޕްރީލް 2024 ވަނަ ދުވަހުގެ 23:59 ގެ ކުރިން ކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރައްވައި ލޯގޯތައް ހުށަހެޅުއްވުން އެދެމެވެ.

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލުމާތު ސާފު ކުރެއްވުމަށް 9662499 އަށް ގުޅުންވުން އެދެމެވެ.

30 މާރިޗު 2024
ހޯދާ