އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރ.އަނގޮޅިތީމު ކައުންސިލާއި ގދ.ވާދޫ ކައުންސިލްގެ ބައި-އިލެކްޝަން

ރ. އަނގޮޅިތީމު ކައުންސިލާއި ގދ. ވާދޫ ކައުންސިލްގެ ބައި-އިލެކްޝަން

2015 މޭ 23 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ރ.އަނގޮޅިތީމު ކައުންސިލާއި ގދ.ވާދޫ ކައުންސިލްގެ ބައި-އިލެކްޝަނަށް އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރެގެން ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓަރީވުމުގެ ފުރުޞަތު 2015 އެޕްރީލް 26 އިން 2015 މޭ 05 ގެ ނިޔަލަށް ހުޅުވާލައިފީމެވެ.

މިކަމަށް އެދި ހުށަހަޅާނީ "އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ 2015 އެޕްރީލް 26 ވާ އާދީއްތަ ދުވަހުން ފެށިގެން 2015 މޭ 05 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 15:00 އަށް، އިލެކްޝަންސް ކޮމިޝަންގެ އިދާރާ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގުގެ 5 ވަނަ ފަންގިފިލާ) އިންނާއި ރ.އަނގޮޅިތީމު ކައުންސިލުންނާއި، ގދ.ވާދޫ ކައުންސިލްގެ އިދާރާއިންނެވެ. އަދި މި ފޯމު މި ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

04 ރަޖަބު 1436

23 އޭޕްރިލް 2015
ހޯދާ