ދިވެހިރާއްޖެ
އަންދާސީހިސާބު ހޯދުން
ހައިކޯޓަށް އެސް.އެފް.ޕީ ހޯދުން
ހައިކޯޓުގެ ނަންބަރު (IUL)95-PM/95/2024/14 އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ ބިޑްތައް ޝަރުތު ފުރިހަމަނުވާތީ، އެއިޢުލާން ބާތިލްކޮށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 16 އޭޕްރީލް 2024 ވާ އަންގާރަ ދުވަހުގެ 13:30 އަށް އަންދާސީ ހިސާބު (މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ މަޢުލޫމާތުތަކާއެކު) ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މަތީގައި ދެންނެވިފައިވާ ގަޑީގައި މިކޯޓުގެ މީޓިންގ ރޫމް 01 ގައެވެ.
މި މަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓްތައް މިކޯޓުގެ ވެބްސައިޓް https://highcourt.gov.mv/dhi/hcfiles/pressrelease/file_28032024064952.pdf އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
18 ރަމަޟާން 1445
28 މާރިޗު 2024