އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަމިއްލަފަރާތްތަކުގެ ރުއްގަހުގެ މަޢުލޫމާތު ހޯދުމާއި ގުޅޭ

ނަންބަރ: A/IUL/344/2024/36

 

އިޢުލާން

އަމިއްލަފަރާތްތަކުގެ ރުއްގަހުގެ މަޢުލޫމާތު ހޯދުމާއި ގުޅޭ

 

އއ. ފެރިދޫ ސޯސަންމަގާއި ޗާންދަނީމަގުގެ އިރުމަތީ ސަރަހައްދު ( އަބަދަށްހިޔާމަގުން ފެށިގެން ) ގައި ހުރި ރުއްގަހުގެތެރެއިން އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ މަޢުލޫމާތު މިކައުންސިލަށް ބޭނުންވެއެވެ.

ވީމާ، މިދެންނެވި ސަރަހައްދުގައި އަމިއްލަފަރާތްތަކުގެ ރުއްގަސް ހުރިނަމަ، 18 އޭޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ރުއްގަހުގެ ތަފްޞީލް ލިޔުމަކުން މިކައުންސިލަށް ހުށައެޅުމަށް ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 މާރިޗު 2024
ހޯދާ