ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލް އިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ފިނޭ ކައުންސިލް ފަސްޓް ފުޓްސަލް ޓޯރނަމެންޓް 2024 އަދި ފިނޭ ކައުންސިލް ފަސްޓް އިންޓަރ އޮފީސް ފުޓްސަލް ޓޯރނަމެންޓް 2024 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މުބާރާތްތަކުގެ މައިގަނޑު މަޤްސަދަކީ ފިނޭގެ ރައްޔިތުންގެ ހިތްތަކުގައި ކުޅިވަރަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކުރުމެވެ. އަދި ފުޓްސަލްއަށް ލޯބިކުރާ ޒުވާނުންތަކެއް އުފެއްދުމެވެ.
މި މުބާރާތްތަކުގައި ބައިވެރިވުމަށްޝައުގުވެރިވެލައްވާ ޓީމްތަކުން، 14 އޭޕްރިލް 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ގޫގުލް ފޯމް ލިންކް މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. އަދި، މުބާރާތްތަކުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރައްވާ ޓީމްތަކުން 25 އޭޕްރިލް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ޓީމް ލިސްޓް ފިނޭ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މުބާރާތުގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީ ވުމަށް ރަޖިސްޓްރޭޝަން ފީ އެއް ނެގޭނެއެވެ. ރަޖިސްޓްރޭޝަން ފީގެ މައުލޫމާތު ތިރީގައި އެވަނީއެވެ.
މުބާރާތުގެ ނަން |
ރަޖިސްތްރޭޝަން ފީ |
ފިނޭ ކައުންސިލް ފަސްޓް ފުޓްސަލް ޓޯރނަމެންޓް 2024 |
500 ރ |
ފިނޭ ކައުންސިލް ފަސްޓް އިންޓަރ އޮފީސް ފުޓްސަލް ޓޯރނަމެންޓް 2024 |
250 ރ |
މުބާރާތްތަކުގެ ގަވާއިދު އަދި މުބާރާތުގައި ބައިވެރިވާ ޓީމްގެ "ޓީމް ލިސްޓް ހުށަހަޅާ ފޯމު" މި އިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. އަދި މި މުބާރާތާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 9958269 ނަންބަރަށް ގުޅުއްވުންއެދެމެވެ. ނުވަތަ[email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
- ގޫގްލް ފޯމް ލިންކް - ޓީމް ރެޖިސްޓްރީކުރުން (ފިނޭ ކައުންސިލް ފަސްޓް ފުޓްސަލް ޓޯރނަމެންޓް):
https://forms.gle/1JUaa3WYNjeauDK9A
- ގޫގްލް ފޯމް ލިންކް - ޓީމް ރެޖިސްޓްރީކުރުން (ފިނޭ ކައުންސިލް ފަސްޓް އިންޓަރ އޮފީސް ފުޓްސަލް ޓޯރނަމެންޓް):
https://forms.gle/vFqweDosu552Nz9V9
ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.