މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އެއާޓްރާންސްޕޯޓް އޮފިސަރ

މަޤާމް:

އެއާޓްރާންސްޕޯޓް އޮފިސަރ

ބޭނުންވާ އަދަދު:

01

ސެކްޝަން:

އެއާޓްރާންސްޕޯޓް ސެކްޝަން

އަސާސީ މުސާރަ:

5,545.00 ރ

ސާވިސް އެލަވަންސް:

3,500.00 ރ

ނޮންޕްރެކްޓިސިންގ އެލަވަންސް:

2,495.25 ރ

އިތުރު އިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  2. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުތު:

އޭލެވަލް އިކޮނޮމިކްސް އާއެކު އޭލެވަލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އެސް އެސް ސީ އިމްތިޚާނުގައި ދިވެހި، އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން

 

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީ ތަކުގައިވާ ގޮތުގެ މަތީން އެއާޓްރާންސްޕޯޓް އޮފިސަރގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން
  2. ދިވެހިރާއްޖެއަށް އޮޕަރޭޓް ކުރާ ބޭރުގެ އެއާލައިންތަކަށް އޮޕަރޭޓިންގް ޕާރމިޓް އާއި ޓްރެފިކް ރައިޓްސް ދިނުމާ ބެހޭ މަސައްކަތް
  3. ރާއްޖޭގައި އޮޕަރޭޓްކުރާ ޑޮމެސްޓިކް އޮޕަރޭޓަރުންނަށް ދޭންޖެހޭ އޮޕަރޭޓިންގް ޕާރމިޓާއި ފްލައިޓްކްލިއަރަންސް ދިނުން
  4. ރާއްޖޭގައި ރަޖިސްޓްރީ ކުރުމަށްއެދޭފަރާތްތަކުގެ އެއާލައިންތަކުގެ މާލީ ހާލަތު ދެނެގަތުމާއެކު، އެފަރާތަކީ މާލީގޮތުން ދެކޮޅުޖައްސައިގެން އެއާލައިންގެ ޚިދުމަތްދެވޭނެ ފަރާތެއްތޯ ކަށަވަރުކުރުން
  5. ރާއްޖޭގައިދެވޭ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކުގެ އަގުތައް ދިރާސާކޮށް، ރެގިއުލޭޓް ކުރަންޖެހޭ ޚިދުމަތްތަކުގެ އަގުތައް ކަނޑައެޅުން
  6. ރާއްޖޭގައި ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ވިއްކާ ފަރާތްތަކުގެ އޮފީސްތަކުގެ އޮޑިޓްކުރުން
  7. ރާއްޖޭގެ ބައިންލް އަގްވާމީ އެއާޕޯޓް ތަކުގައި ދެވޭ ޚިދުމަތްތަކަކީ އައިކާއޯ ގެ އެނެކްސް 9 "ފެސިލިޓޭޝަން" ގައި ބަޔާން ކޮށްފައިވާ މިންގަޑުތަކާ އެއްގޮތަށް ދެވޭ ޚިދުމަތްތަކެއްތޯ ބަލައި އޮޑިޓްކުރުން
  8. ނޭޝަނަލް ފެސިލިޓޭޝަން ޕްރޮގްރާމް ތަންފީޒް ކުރުން
  9. ރާއްޖޭގެ އެއާޕޯޓްތަކާއި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ދުއްވާ އެއާލައިންތަކާއި، ރާއްޖެއަށް އޮޕަރޭޓް ކުރާ ބޭރުގެ އެއާލައިންތަކުގެ ދަތުރުފަތުރުގެ ތަފާސް ހިސާބުތައް ދިރާސާކޮށް ރިޕޯޓްކުރުން
  10. ރާއްޖެއާއި ބޭރު ޤައުމުތަކާއި ދެމެދު ކުރެވޭ ވައިގެދަތުރުފަތުރާއިބެހޭ އެގްރީމަންޓްތަކާއި ބައިވެރިވާ މުއާހަދާތަކާއި ބެހޭ  މަސައްކަތުގައި އެހީތެރިވުމާއި މަސައްކަތްކުރުން
  11. ރާއްޖޭގައި ގާއިމު ކުރެވިފައިވާ ބޭރުގެ އެއާލައިން ތަކުގެ ކަންތައްތައް ކޯޑިނޭޓް ކުރުން

 

ހުށަހަޅަންޖެހޭ ލިޔުން:

  1. ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (https://www.caa.gov.mv/forms) ލިބެން ހުންނާނެ)
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)
  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ

 - ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އޮފީހެއްގެ ތަފާތު މަޤާމުތަކުގައި އަދާކޮށްފައިވީ ނަމަވެސް) ވަކި ވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

  6. 3 މަސްނުވާ ޕޮލިސް ރިޕޯޓް

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:

9 އޭޕްރީލް 2024 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އީމެއިލް: [email protected] އަށް

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 17 އޭޕްރީލް އިން 30 އޭޕްރީލް 2024 އާ ދެމެދު، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގައެވެ.

ދިމާވާ ހާއްސަ ހާލަތްތަކަކާއި ގުޅިގެން އިންޓަރވިއު ކުރިއަށްދާނެ ގޮތް ބަދަލުވާނަމަ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދުރާލާ މި އޮތޯރިޓީން އަންގާނެއެވެ.

 

ނޯޓް:

  1. ގިނަ ވަގުތުގައި މަސައްކަތް ކުރެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  2. އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތަށް އެންގޭނެއެވެ.
  3. ވަޒީފާއަށް އެދި ހުށަހަޅުއްވާ ހުރިހާ ލިޔުމެއްވެސް ހުންނަންވާނީ PDF ފޯމެޓުގައެވެ.
28 މާރިޗު 2024
ހޯދާ