ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފ. އަތޮޅު ކައުންސިލް އިދާރާގެ "މާވަށި" ދޯނި ކުއްޔަށް ދޫކުރުމާއި ގުޅޭ
އިޢުލާނު
މި އިދާރާގެ "މާވަށި" ދޯނި 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވާތީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މި ބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް 2024 އޭޕްރީލް 16 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މަޢުލޫމާތު ކަރުދާހުގައި ވާ މަޢުލޫމާތު މިއިދާރާގެ ޕްރޮކިއުމެންޓް މެއިލް [email protected] އަށް ފޮނުއްވަން ވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2024 އޭޕްރީލް 24 ވާ ބުދަ ދުވަހުގެ 11:00 ގައި މިއިދާރާގައެވެ. ބީލަން އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "މާވަށި ދޯނި ކުއްޔަށްދޫކުރުމުގެ ބީލަން" މިހެން ލިޔެފައި އޮންނަންވާނެއެވެ.
- ހުށަހަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލާމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލް އަދި ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ އިތުރުން ބީލަމާގުޅޭ މަޢުލޫމާތު މި އިޢުލާނާއިއެކުގައިވާ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައި ވާނެއެވެ. އަދި މިމާޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓުން (www.faafu.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
- އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މިއިދާރާގެ އީމެއިލް [email protected] އަށް ހުށަހަޅުއްވުން އެދެމެވެ. ނުވަތަ މި އިދާރާގެ ނަންބަރު 6740017 އަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
28 މާރިޗު 2024
ހޯދާ