ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ދަނޑުވެރިކަން ކުރުމުގެ މަސައްކަތްތަކަށް ބިން ދޫކުރުމަށް އާންމުކޮށް ފުރުޞަތު ހުޅުވާލައި، ބިން ލިބުނު ފަރާތްތަކާއެކު މި ހަފްތާގެ ތެރޭގައިވާނީ އެގްރީމަންޓްކޮށް، އިންވަކިކޮށް ބިން ޙަވާލުކޮށްފައެވެ.   ބީލަން އުޞޫލުން ޤަވާއިދުގެ ތެރެއިން ބިންތައް ނަގައިގެން މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިމެ، އެފުރުޞަތުގެ ބޭނުން ނުހިފައި ގަވާއިދާ ޚިލާފަށް މަގުމަގާއި، ގްރީން އޭރިއާތަކާއި، ހުސްބިން ތަކުގައި ތަންތަން ހަދައިގެން ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަކީ ގަވާއިދުގެ ތެރެއިން މަސައްކަތް ކުރާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. އަދި ގަވާއިދާ ޚިލާފަށް ބިން ބޭނުން ކުރުމަށް އެހެން ފަރާތްތަކަށް ވެސް ލިބޭ ހިތްވަރެކެވެ.

ވީމާ، ގަވާއިދާ ޚިލާފަށް މަގުމަގާއި، ގްރީން އޭރިއާތަކާއި، ހުސްބިން ތަކުގައި ދަނޑުވެރިކަން ކުރުމަށް ހަދާފައިވާ ތަންތަން މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ރޫޅާލައި ބިން ސާފުކުރުމަށް އާންމުކޮށް އަންގާ އިޢުލާންކުރީމެވެ. އަދި މި މުއްދަތުގައި އެތަންތަން ނުނަގައިފިނަމަ، ކައުންސިލުން ނިންމާގޮތެއްގެ މަތިން އެތަންތަން ނެގުމުގެ މަސައްކަތް ކުރާނެވާހަކަ ދެންނެވީމެވެ. 

28 މާރިޗު 2024
ހޯދާ