ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ކަރަންޓު މަސަތްކަތް ކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުގެ މައުލޫމާތު އައު ކުރުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ

އިޢުލާން

ކަރަންޓު މަސަތްކަތް ކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުގެ މައުލޫމާތު އައު ކުރުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ

        މި އޮތޯރިޓީގެ އިޢުލާން ނަންބަރު (IUL)485-TE/485/2023/3 އާ ހަވާލީ ދަންނަވަމެވެ.

        މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައަކީ ބަންދު ދުވަސް ތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވުމާއެކު، ހަވާލާދީފައިވާ އިއުލާނުގައި ކަރަންޓު މަސަތްކަތް ކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުގެ މައުލޫމާތު އައު ކުރުމަށް ކަނޑައަޅާފައިވާ ސުންގަޑި 30 އެޕްރީލު 2024 ވާ އަންގާރަ ދުވަހުގެ 14:00 އަށް އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

        އެހެންކަމުން، 15 މާރިޗު 2023 ގެ ކުރިން ކަރަންޓު މަސައްކަތް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން އޮތޯރިޓީގެ ވެބްސައިޓްގައިވާ ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި މި އޮތޯރިޓީގެ އީމެއިލް [email protected] އަށް 30 އެޕްރީލް 2024 ވާ އަންގާރަ ދުވަހުގެ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

https://www.ura.gov.mv/downloads/application-for-power-engineering-license-pdf/

https://www.ura.gov.mv/downloads/application-for-power-engineering-license-editable/

 

       އަދި މަޢުލޫމާތު އައު ކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ ފަރާތްތަކަކީ މިހާރު ދާއިރާގައި މަސައްކަތް ކުރަމުން ނުދާ ފަރާތްތައް ކަމުގައި ނިންމާ 15 މާރިޗު 2023 ގެ ކުރިން ދޫކޮށްފައިވާ އެންމެހާ ލައިސަންސްތައް ބާތިލް ކުރެވޭނެ ވާހަކަ ދަންނަވެމެވެ.

18 ރަމަޟާން 1445

28 މާރިޗު 2024
ހޯދާ