ދިވެހިރާއްޖެ
މި އިޢުލާންވަނީ 30 އޭޕްރިލް 2024 12:24 ގައި ބާތިލް ކުރެވިފައެވެ.
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ޔޫތު ސެންޓަރުގައި ތަރައްޤިކުރެވޭ އައުޓްޑޯ ވޮލީކޯޓްގެ މިހާރު ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
28 މާރިޗު 2024 ވަނަ ދުވަހުން ފެށިގެން 25 އެޕްރީލް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 އާ ހަމައަށެވެ. ( ހެދުނު 09:00 އިން މެންދުރު ފަހު 13:00 އަށް ދިއްދޫ ކައުންސިލްގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެން ) |
ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން |
06 މޭ ވާ ހޯމަ ދުވަހުގެ 11:00 ގައި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި |
މި ޕްރޮޖެކްޓާގުޅޭ ބީލަން ޑޮކިއުމަންޓްސް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500019 ފޯންއާއެވެ.
ނޯޓް : ވޮލީ ކޯޓް ތަރައްޤީކުރުމުގެ މަސައްކަތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަނެއް ( ބިޑް ހުށަހެޅުމަށް ޝައުޤްވެރިކަން ހުރި ފަރާތްތަކަށް) 28 އޭޕްރިލް 2024 ވާ އާދީއްތަ ދުވަހުގެ 10:45 ގައި ހއ. ދިއްދޫ ޔޫތު ސެންޓަރުގެ ގޯތި ތެރޭގައި އޮންނާނެއެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.