އދ. އޮމަދޫ ސްކޫލް
ދިވެހިރާއްޖެ
މ.އަފްސާނާގެ އެވެ، ކިޔާ ގޯތީގެ ރަޖިސްޓަރީއަށް ބަދަލުގެނައުމާބެހޭ

މ.އަފްސާނާގެ އެވެ، ކިޔާ ގޯތީގެ ރަޖިސްޓަރީއަށް ބަދަލުގެނައުމާބެހޭ

މ.އަފްސާނާގެ އެވެ، ކިޔާ ގޯތީގެ ވެރިފަރާތްތަކުގެ ތެރެއިން ރާބިޢާ އަޙްމަދުގެ ބިން ސަރުކާރަށް ދޫކޮށްފައިވާތީ ސިވިލް ކޯޓުގެ ނަންބަރު 1182/Cv-C/2014 ޤަޟިއްޔާއިން ޙުކުމް ކޮށްފައިވާގޮތަށް ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއަށް ބަދަލުގެނައުމަށްޓަކައި، މި އިދާރާއަށް ވަނީ ހުށަހަޅާފައިވެއެވެ. މިކަމާ ގުޅިގެން މި އިދާރާއަށް ބޭނުންވާ، މ.އަފްސާނާގެ އެވެ، ކިޔާ ގޯތީގެ ނަންބަރު، ބ.16571 އިމާރާތާއި ގޯތީގެ ރަޖިސްޓަރީގެ ހުރިހާ އަސްލު މި އިދާރާއަށް ލިބިފައިނުވާތީ، މިކަމުގެ ސަބަބުން، މ.އަފްސާނާގެ އެވެ، ކިޔާ ގޯތީގެ، އިމާރާތާއި ގޯތީގެ ރަޖިސްޓަރީއަށް ގެންނަންޖެހޭ ބަދަލު ގެނައުން ލަސްވަމުންދާތީ، މާލޭ މުނިސިޕަލްޓީގެ ނަންބަރު 156/2009-C)A) އިޢުލާންގައިވާ ގޮތުގެ މަތިން، މ.އަފްސާނާގެ އެވެ، ކިޔާ ގޯއްޗަށް ހަދައިދީފައިވާ ނަންބަރު ބ.16571 އިމާރާތާއި ގޯތީގެ ރަޖިސްޓަރީގެ އަސްލުތައް ބާޠިލުކޮށް، ސިވިލް  ކޯޓުން ޙުކުމް ކުރައްވާފައިވާގޮތަށް މ.އަފްސާނާގެ އެވެ، ކިޔާ ގޯތީގެ އިމާރާތާއި ގޯތީގެ ރަޖިސްޓަރީއަށް ބަދަލު ގެނެވޭނެކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

02 ރަޖަބު 1436

21 އޭޕްރިލް 2015
ހޯދާ