ދިވެހިރާއްޖެ
ރެފްރިޖަރެންޓް ރިކަވަރީ މެޝިން ދޭނެފަރާތްތައް ކަނޑައެޅުމުގެ މުއްދަތު އިތުރުކުރުން
ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާއެއްކަމަށްވާ ހައިޑްރޯ ކްލޯރޯ ފްލޯރޯ ކާބަންސް (އެޗްސިއެފްސީ) ބޭނުންކުރުން 2020ގެ ނިޔަލަށް ހުއްޓާލުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން ފިނިކުރާ ނިޒާމްތަކުން މިފަދަ މާއްދާތައް ރިކަވަރ ކުރުމަށް ބޭނުންކުރާ މެޝިން ހަދިޔާ ކުރުމަށް ކުރެވުނު އިޢުލާން ނަންބަރު IUL)438-PPIRS/1/2015/18)އަށް ހަވާލާދީ ދަންނަވަމެވެ.
ރިކަވަރީ މެޝިން އަށް އެދުމުގެ ފުރުޞަތު ވީހާވެސް ގިނަފަރާތްތަކަކަށް ފަހިކޮށްދިނުމަށްޓަކައި މިކަމަށް އެދުމުގެ މުއްދަތު 29 އެޕްރީލް 2015 ބުދަ ދުވަހާ ހަމައަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަމަށް އެދޭ، މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން މިމިނިސްޓްރީން ދޫކުރާ ފޯމު ފުރިހަމަކުރެއްވުމަށްފަހު 29 އެޕްރީލް 2015 ގެ 13:00 ގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމު މިނިސްޓްރީގެ ވެބްސައިޓް (http://www.environment.gov.mv/v1/download/879) އިން ލިބެން ހުންނާނެއެވެ. ފޯމު ފުރިހަމަކޮށް މަޢުލޫމާތު ހުށަނާޅާ ފަރާތްތައް އިވެލުއޭޝަންގައި ބައިވެރިނުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ރިކަވަރީ މެޝިން ހަދިޔާކުރުމުގައި މިމިނިސްޓްރީގެ ފަރާތުން ހިންގާ ރެފްރިޖަރެންޓް ރިކަވަރީ ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ނެޝަނަލް އޯޒޯން ޔުނިޓް
އެންވަޔަރަންމަންޓް ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ
ފޯން: 3018369، 3018367
ފެކްސް: 3018301
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv