ދިވެހިރާއްޖެ
މިއޮފީހުން ދީފައިވާ ސްޕެސިފިކޭޝަން އާ އެއްގޮތަށް 80 މީޑިއަމް ބެކް އޮފީސް ގޮނޑި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)196-C/1/2024/14 (20 ފެބުރުވަރީ 2024) އިޢުލާނުގައިވާ މަޢުލޫމާތަށް ބަދަލުއައިސްފައިވާތީ، އެ އިޢުލާނު ބާޠިލްކުރުމަށްފަހު އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
- ބީލަމުގައި ރެޖިސްޓަރީވުން: 07 އެޕްރީލް 2024، 10:00 ގެ ކުރިން
- ބީލަން ހުށަހެޅުމާއި ހުޅުވުން: 08 އެޕްރީލް 2024، 10:00 އަށް
- ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށް މި އިޢުލާނުގެ ނަންބަރު ޖެއްސެވުމަށްފަހު، ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަންބަރު، އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ވީމާ، މި މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށްފަހު، 2024 އެޕްރީލް 08 ވަނަ ދުވަހުގެ 10:00 އަށް މިއޮފީހަށް (ވެލާނާގެ، 12 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓަރ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކޮށްފައިވާނެވެ
ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.
17 ރަމަޟާން 1445